ތިނަދޫ ފެން ޕްލާންޓްގައި ހުރި ކޮންޓައިނަރ ތަކެއްގައި ރޯވެ އަނދަނީ

ތިނަދޫ ފެން ޕްލާންޓްގައި ހުރި ކޮންޓައިނަރ ތަކެއްގައި ރޯވެއްޖެއެވެ. އަލިފާން ރޯވެފައިވަނީ ޕެޓްރޯލް ހުސްކުރި ޓައްޕެއްގައި ކަޓަރު އަޅަން އުޅުމުގެ ތެރޭގައި ކަމަށް ތިނަދޫ ފުލުހުން ވަނީ “ދެން” އަށް މައުލޫމާތު ދީފައެވެ.
މިހާރު އެމްއެންޑީއެފްއިން އަލިފާން ނިއްވުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
އަދާހަމަ: ތިނަދޫ ފެންޕްލާންޓުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.
ގދ ތިނަދޫ ޕޮލިސް ސްޓޭޝަނުން “ދެން” އަށް މައުލޫމާތު ދީފައިވާ ގޮތުގައި އަލިފާން ގަނޑު ނިވާލެވިފައިވަނީ ގާތްގަނޑަކަށް 18:11 ހާއިރު ކަމަށެވެ. އަދި އަލިފާނުގެ ސަބަބުން މާބޮޑު ގެއްލުމެއް ލިބިފައި ނުވާއިރު، އެއްވެސް މީހަކަށް ވެސް މިކަމުގެ ސަބަބުން ގެއްލުންވެފައެއް ނުވެއެވެ.