ދުނިޔެ

ސައުދީ ގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 1 ލައްކަ އާ ގާތަށް

ދެން އެމްވީ ، ދެން އޮންލައިން

ސައުދީގައި ކޮވިޑްް19 ޖެހުނު މީހުންގެ އަދަދު އެއް ލައްކަ އާ ގާތަށް ޖެހިލައިފިއެވެ.

Ads by WAMCO

ސައުދީ އިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް އެ ގައުމުގައި 98,869 މީހަކަށް ވަނީ ކޮވިޑް19 ޖެހިފައެވެ. ސައުދީގައި 600 އަށް ވުރެ ގިނަ މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ.

އިއްޔެ އެކަނި ވެސް ސައުދީ އިން ވަނީ 3 ހާހަށް ވުރެ ގިނަ މީހުނަށް ބަލި ޖެހިފައެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުނަށް ބަލި ޖެހިފައިވަނީ ވެރި ރަށް ރިޔާދް އިންނެވެ. ރިޔާދް އިން ވަނީ 900 މީހުނަސް ވައިރަސް ޖެހިފައެވެ. ދެން އެންމެ ގިނަ މީހުނަށް ބަލި ޖެހިފައިވަނީ ޖިއްދާ އިންނެވެ. ޖިއްދާ އިން 572 މީހުނަށް ބަލި ޖެހިފައިވާއިރު އެއާ އެންމެ ގާތުން މައްކާ އިން ވަނީ 279 މީހަކަށް ބަލި ޖެހިފައެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 71,791 މީހަކު ރަނގަޅުވެފައިވާއިރު، ސައުދީގެ ރިކަވަރީ ރޭޓު އުޅެނީ 99 އިންސައްތައިގައެވެ.

ސައުދީ ގެ ލޮކްޑައުން އަށް ވަނީ ބައެއް ލުއިތަކެއް ދީ ގިނަ މިސްކިތްތައް ވެސް ވަނީ ހުޅުވާލާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!