ކުޅިވަރު

އިނގިރޭސިވިލާތުގައި އެންމެ މަގުބޫލު ޓީމަކީ ލިވަޕޫލް

ދެން އެމްވީ ، ދެން އޮންލައިން

އިނގިރޭސި ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލު ޓީމަކަށް ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލް ވެއްޖެއެވެ.

Ads by Sosun Fihaara

އިނގިރޭސިވިލާތުގެ މަޝްހޫރު މާކެޓިންގ ކުންފުނިންގ ނެގި ޕޯލްއަކުން ދައްކާގޮތުން އިނގިރޭސިވިލާތުގެ ރައްޔިތުންގެ މެޗުގައި އެންމެ މަގުބޫލު ޓީމްގެ ޝަރަފް ލިވަޕޫލް ހޯދީ ކުރީގެ އެންމެ މަގުބޫލު ކުލަބު މެންޗެސްޓަރ ޔުނައިޓެޑް ފަހަތަށް ޖައްސާލުމަށްފަހުގައެވެ. މި ޕޯލްއިން ދައްކާގޮތުން އެގައުމުގެ އާބާދީގެ 8.3 އިންސައްތަ މީހުންގެ މަގުބޫލު ޓީމަކީ ލިވަޕޫލެވެ. ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑަށް ލިބުނީ 6 އިންސައްތަ ވޯޓެވެ.

ޕޯލްގެ ތިންވަނައިގައި އޮތީ 3.1 އިންސައްތަ ލިބިގެން ޗެލްސީއެވެ. ގަދަ ދިހައެއްގައި ދެން ހިމެނެނީ މެންޗެސްޓަރ ސިޓީ، އާސެނަލް، ޓޮޓްނަމް، ވުލްވްސް، ނިއުކާސަލް ޔުނައިޓެޑް، އެވަޓަން އަދި އެސްޓަން ވިލާއެވެ.

މި ވަގުތު ލިވަޕޫލްގެ މަގުބޫލުކަން ބޮޑުވެފައިވާ އެންމެ ބޮޑު ސަބަބަކީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމާއި މި ސީޒަންގައި ޕްރިމިއަރ ލީގު ކާމިޔާބުކުރުމާއި ގާތުގައި އޮތުމެވެ. 25 ޕޮއިންޓްގެ ލީޑަކާއިއެކު އޮތް ޓީމަށް ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ އެންމެ ހަ ޕޮއިންޓެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!