ލައިފްސްޓައިލް

އަލީ ރަމީޒް ގެ ލަވަތައް އަޑު އެހުން ހުއްޓާލަންވީ މިހެންވެ!

ދެން އެމްވީ ، ދެން އޮންލައިން

އަދި އެކަމަށް މާ ގިނަ ދުވަހެއް ނުވާނެއެވެ. އަލީ ރަމީޒް ގެ ދިފާއު ގައި އައްޑަނަ ހިފައިގެން ނިކުމެ މީސް މީޑިއާ ގައި ހަނގުރާމަ ކުރީ ދާދި މިދާ ކަމަށް ދުވަހުއެވެ. އެކަމަކު، އޭރުވެސް މިހާރުވެސް އަހަރެން ކޮށްލާ ސުވާލެއް އެބައޮތެވެ.

Ads by Sosun Fihaara

އަލީ ރަމީޒްގެ ހަގީގީ ފޭން އެއް ނަމަ އަލީ ރަމީޒު އާ ދެކޮޅަށް އޭނާ ގެ ލަވަތައް އަޑުއަހާފާނެ ބާވައެވެ؟

އާއެކެވެ. އަލީ ރަމީޒަކީ ދިވެހިންގެ ތެރޭގައި އުފެދުނު އެންމެ ކުޅަދާނަ ލަވަކިޔުންތެރިޔާއެވެ. އަދި ލަވައާއި މިޔުޒިކްގެ ދާއިރާގައި މުޅި ރާއްޖެއިން ވެސް އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދި އެކަކެވެ.

ނަމަވެސް އޭނާއަށް މާތް ﷲ ހެޔޮ ވިސްނުން ދެއްވާ، އެތަކެތިން ދުރުވުމަށް ހިތްވަރު ދެއްވިއެވެ. އަލީ ރަމީޒު ދެން ލަވަނުކިޔާނެކަމަށް ބުނުމުން އެއިރުވެސް ގިނަ މީހުންނަށް ޤަބޫލު ކުރެވުނީ އެއީ ދުވަސްކޮޅެއްގެ ކަމެއް ކަމަށާއި އޭނާ ލަވައިގެ ދުނިޔެއަށް އެނބުރިދާނެ ކަމަށެވެ.

މިޔުޒިކުން ލިބެނީ ވަގުތީ ހިތްހަމަ ޖެހުމަކާއި، ދާއިމީ ނުތަނަވަސްކަމެއްކަމަށް އަލީ ރަމީޒު ބުނެފައިވާއިރު އޭނާ ވަނީ އޭނާގެ ލަވަތަކުގެ ވާހަކަ ނުދެއްކުމަށާއި އެ ލަވަތައް އަޑުނޭހުމަށް ވެސް އެދިފައެވެ. އޭނާ ގެ ލަވަތައް ޕްރޮމޯޓު ކުރުމަކީ މިއަދު އަލީ ރަމީޒު ވަރަށް ނަފްރަތު ވެސް ކުރާ ކަމެކެވެ.

އެހެންކަމަށް ވުމުން ތިޔައީ އަލީ ރަމީޒުގެ ހަގީގީ ފޭނެއް ނަމަ އޭނާގެ އެދުމަށް އިޖާބަދޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!