މުނިފޫހިފިލުވުން

ފެންބޯންވާނީ އިށީނދެއިނދެ ކަމަށް މަލައިކާ ވެސް ގަބޫލުކުރޭ

ދެން އެމްވީ ، ދެން އޮންލައިން

މިއީ އަހަރެމެން މުސްލިމުންނަށް އައު ކަމެއް ނޫނެވެ. ފެންބޯންވާނީ އިށީންދެގެން އިނދެކަމަށް އަހަރެމެންގެ މާތް ނަބިއްޔާ (ޞޢޥ) ވެސް ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

Ads by STELCO

މުސްލިމުންގެ މިފަދަ ކަންކަމާއި ދެކޮޅުހަދާ ބަޔަކު ތިބިކަމުގައި ވިޔަސް، އެމީހުންވެސް އެކަންކަން އިތުރަށް ދިރާސާ ކުރުމުން، އެހަމަތަކުގެ މުހިންމުކަމާއި ވާނެ ފައިދާތައް ވަނީ ހޯދިފައެވެ.

ފެންބޯން ވާނީ އިށީނދެ އިނދެ ކަމަށް ބޮލީވުޑްގެ އެކްޓްރެސް މަލައިކާ އަރޯރާ ވެސް އިއްޔެ ވަނީ މިކަމަށް އެއްބަސްވެ، މިފަދައިން ފެން ބުއިމަށް ނަސޭޙަތްތެރިވެފައެވެ.


އޭނާގެ އިންސްޓަގްރާމްގައި ކުރި ކުޑަ ވީޑިއޯއެއްގައި، ދުޅަހެޔޮ ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ބޭނުންވާނެ ކަންކަމުގެ ވާހަކަ ދައްކަމުން ބުނެފައިވަނީ، ފެން ބުއިމަކީ ވެސް ސިއްޙަތަށް ފައިދާހުރި ކަމެއް ކަމުގައެވެ.

"ފެން ބުއިމޭ ބުނުމުން މިހަނދާންވީ. އެނގޭތަ ފެން އަސްލު ބޯން ވާނީ ކިހިނެއްކަން؟ މިހެން ބުނީމަ ހިތަށް އަރާފާނެ، ހާދަ ކޫސަނި ވާހަކައެކޭ ކާކަށްހޭ ފެން ބޯން ނޭނގޭނީ. އެކަމަކު އަހަރެން އެންމެ ފުރަތަމަ ވެސް ބުނެލަން ބޭނުންވަނީ، ފެން ބޯންވީމަ ކޮޅަށްހުރެ ފެން ނުބޯށޭ. ފެން ބޯންވާނީ އިށީނދެ އިނދެ. މިފަދައިން ފެން ބުއިމުން ތިމާގެ ހަށިގަނޑަށް ވަރަށް ފައިދާ ކުރާނެކަން ސައިންސުން ވެސް ވަނީ ސާބިތުވެފަ. އެކަމުގެ ސަބަބުން ހަށިގަނޑު ފެންހިނދުމުން ސަލާމަތްވެ، ހަންގަނޑުވެސް ތާޒާ ކޮށްދީ ރީތި ކޮށްދޭނެ. އެހެންކަމުން ފެން ބޯއިރު އިށީނދެ އިނދެ ފެން ބޯން އާދަކުރޭ" ހަށިގަނޑު ފިޓްކޮށް ބަހައްޓަން ގިނަގުނަ މަސައްކަތް ކުރާ މަލައިކާ ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!