މުނިފޫހިފިލުވުން

ނަސްލީ ތަފާތު ކުރުމާއި ދެކޮޅަށް "ބީޓީއެސް" ތެދުވެ، 1 މިލިއަން ޑޮލަރު ހަދިޔާކޮށްފި!

ދެން އެމްވީ ، ދެން އޮންލައިން

ރޮއިޓާސް: ސައުތު ކޮރެއާގެ މަޝްހޫރު މިޔުޒިކް ބޭންޑް "ބީޓީއެސް" އިން އެއް މިލިއަން ޑޮލަރު "ބްލެކް ލައިވްސް މެޓާރ" (ބީއެލްއެމް) އަށް ހަދިޔާކޮށްފިއެވެ.

Ads by MWSC

މިއީ ފުލުހުންގެ އަނިޔާވެރިކަމާއި ދެކޮޅަށް ބީއެލްއެމް އިން ކުރަމުން އަންނަ މުޒާހަރާތަކަށް އެހީއެއްވުމުގެ ގޮތުން ހަދިޔާކުރި ފައިސާތަކެއް ކަމަށް ބީޓީއެސް ގެ މިޔުޒިކް ލޭބަލް "ބިގް ހިޓް އެންޓާޓެއިންމަންޓުން" މިއަދު ވަނީ ބުނެފައެވެ.

ހަތް މެމްބަރުން ހިމެނޭ ބީޓީއެސް އިން މިދިޔަ ބުރާސްފަތި ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެމީހުން ތިބީ ނަސްލީ ތަފާތު ކުރުމާއި އަދި އަނިޔާވެރި ކަމާއިވެސް ދެކޮޅަށް ކަމަށެވެ.

"އަހަރުމެން މިތިބީ ނަސްލީ ތަފާތު ކުރުމާއި ދެކޮޅަށް. އަނިޔާވެރި ކަމަކަށް ވެސް ސަޕޯޓެއް ނުކުރާނަން. އަހަރުމެންނާއި، ތިމީހުންނާއި އެހެން އެންމެންނަށް ވެސް އިޚްތިރާމް ލިބުން ޙައްޤު ވެގެންވޭ" ބީޓީއެސް އިން ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!