ލޮކްޑައުން ވުމުން އައްޒަ އަށް މުއާ ދިނީ ކަރުދާހުން ހަދާފައި އޮތް ފިނިފެންމަލެއް
މުއާ އަދި އައްޒަ އަކީ ދިވެހި ފިލްމީ ތަރިންގެ ތެރެއިން އެންމެ މަގުބޫލު ޖޯޑެވެ. އަދި އެންމެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ޖޯޑުވެސް މެއެވެ. އަދި މި ދެ ތަރިން އަބަދު ވެސް ފާހަގަ ވެފައިއޮންނަނީ ލޯބީގެ މިސާލެއްގެ ގޮތުގައެވެ.
މިގޮތުން މުއާ މިވަނީ އަނެއްކާ ވެސް ލޯބީގެ ތަފާތު ނަމޫނާ އެއް ދައްކާފައެވެ. ލޮކްޑައުން ކަމަށް ވުމާއެކު މި ފަހަރު މުއާ އައްޒަ އަށް ދިނީ ކަރުދާހުން ހަދާފައި އިން ފިނިފެންމަލެކެވެ.
ކިތަންމެ ކުޑަ ކުޑަ އާދައިގެ ހަދިޔާ އެއް ނަމަވެސް އައްޒަ އަށް ވަނީ މި ފިނިފެންމާ ވަރަށް ކަމުގޮސްފައެވެ.
މުއާ މިވަނީ ލޮކްޑައުން ވީ ކަމުގައި ވިޔަސް އަންހެނުންނަށް މަލާއި ހަދިޔާ ދެވޭނެ ކަން އަދި ދޭން ޖެހޭނެ ކަން ވެސް ހާމަކޮށްދީފައެވެ. ހަމަގައިމުވެސް މި ދެ ތަރިންނަކީ ލޯބީގެ މިސާލެކެވެ. މުއާ ފަދަ ފިރިއެއް ލިބުމަކީ ކޮންމެ ދިވެހި އަންހެން ކުއްޖެއްގެ ވެސް ހުވަފެނެވެ.