މުނިފޫހިފިލުވުން

ޕްރޮފެސަރ މަރުވާނެ ކަމަށް ބުނި ހަބަރާއެކު މަނީ ހެއިސްޓު ފޭނުން ކަރުނަ އަޅާ ރޮނީ

ދެން އެމްވީ ، ދެން އޮންލައިން

މަނީ ހެއިސްޓުގެ ސީޒަން 5 އަދި 6 އެކު އެކީގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ކަމުގެ އުފާވެރި ހަބަރާއެކު ފޭނުން ތިބީ އުފަލުން ފޮޅިފައެވެ. ނަމަވެސް މި އުފާވެރި ކަމުގެ ތެރެއިން ފޭނުން ރޮއްވާލީ މަނީ ހެއިސްޓުގެ ކުރިއަށް އޮތް ސީޒަނުގައި ޕްރޮފެސަރު މަރުވާން އުޅޭ ކަމުގެ އިޝާރާތެއް ޕްރޮފެސަރުގެ ރޮލު ކުޅޭ އަލްވާރޯ މާޓޯ ދިނުމުންނެވެ.

Ads by Sosun Fihaara

ޕްރޮފެސަރު ގެ ރޯލަކީ މަނީ ހެއިސްޓުގެ އެންމެ މުހިންމު އެއް ރޯލެވެ. އަދި ގިނަ ފޭނުން ވަރަށް ލޯބި ކުރާ ރޯލެއް ވެސް މެއެވެ.

އެކްސްޕްރެސް ޔޫކޭ އަށް އަލްވާރޯ މާޓޯ ދިން އިންޓަވިއު އެއްގައި އޭނާ ބުނެފައިވާ ގޮތުގައިި ޕްރޮފެސަރަކީ ވަރަށް އެކަނިވެރިކޮށް އުޅެމުން އަންނަ މީހެކެވެ. އަދި އޭނާ އަށް ލޯބި ލިބިގެން ކުރީ ސީޒަން ތަކުގައި ދައްކުވައިދިން ބައިތަކަކީ ޕްރޮފެސަރުގެ ހަޔާތުގެ ވަރަށް ކުޑަ ބައެއް ކަމުގައި އަލްވާރޯ ވަނީ ސިފަކޮށްފައެވެ.

މީގެ ކުރީ ސީޒަން ތަކުގައި ވެސް ފޭނުން ހީނުކުރާ ފަދަ ދެ މަރު ފެނިގެންދިޔައެވެ. އެގޮތުން ނައިރޯބީ ގެ މަރާއި ބާރލިން ގެ މަރުވެގެންދިޔައީ ފޭނުން ރޮއްވާލި ދެ މަރަށެވެ.

މަނީ ހެއިސްޓަކީ ވަގެއް ގެ މާސްޓަރޕްލޭންއަަކާއެކު އޭނާގެ ބައިވެރިން އެ ވައްކަމުގައި އުޅޭ މަންޒަރު ދައްކައިދޭ ސްޕެނިޝް ޑްރާމާއެކެވެ. އަދި މިއީ ނެޓްފްލިކްސްގެ އެންމެ މަގުބޫލު ލޭންޖުއޭޖް ޝޯވެސް މެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!