ޚަބަރު

ހޯއްދެވި ކުރިއެރުން ފަހަތަށް ސޮއްސާލުމުގެ ޖާގަނުދިނުމަށް ޑރ.މައުސޫމް ގޮވާލައްވައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 އަށްފަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން ކުރިއަރަމުން އަންނައިރު ، އެ ކުރިއެރުން ފަހަތަށް ދާނޭހެން އެއްވެސް ފަރާތަކުން އަމަލުތައް ނުބެހެއްޓުމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ގޮވާލައްވައިފިއެވެ.

Ads by Sosun Fihaara

ކޮވިޑަށްފަހު ފަތުރުވެރިކަން ރަނގަޅުވަމުން އަންނަ ނަމަވެސް، ފަހަކަށް އައިސް ރިސޯޓުތަކުންނާއި ސަފާރީތަކުން ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

މިނިސްޓަރު މައުސޫމް ކުރެއްވި ޓްވީޓުގައި ވަނީ ހުރިހާ ފަރާތްތަކުން ވެސް އެޗު.ޕީ.އޭ އާއި ޓޫރިޒަމްގެ ގައިޑުލައިންތަކަށް ފުރިހަމައަށް އަމަލުކުރުމަށް ގޮވާލައްވާފައެވެ.

"ރައްކާވެ ތިބިއްޔާ ދަތުރުފަތުރު، އެޗު.ޕީ.އޭ އާއި ޓޫރިޒަމްގެ ގައިޑުލައިންތަކަށް އަކުރުން އަކުރަށް ފިލިން ފިއްޔަށް އަމަލުކުރަމާތޯ. ހޯއްދެވި ކުރިއެރުން ފަހަތަށް ސޮއްސާލުމަށް ޖާގަނުދެމާތޯ. އުފުއްލަވަމުން ގެންދަވާ ތަކުލީފަށާއި، ދެއްވާ އެއްބާރުލުމަށް ފަށްފަށުން ޝުކުރިއްޔާ!" މިނިސްޓަރުގެ ޓްވީޓުގައި ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 7 ދުވަސްތެރޭ ރާއްޖެއަށް 20612 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއަހަރުގެ ފުރަތަމަ 7 ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވަނީ ރަޝިޔާއިންނެވެ. އެޤައުމުން ރާއްޖެއަށް 5331 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!