މުނިފޫހިފިލުވުން

ދީޕިކާ ޕަދްކޯންގެ ބޮޑީގާޑަކީ އޭނާއަށް ބޭބެއެއް ފަދަ މީހެއް! މުސާރައަށް އަހަރަކު 8 މިލިއަން ރުޕީސް

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ ސެލެބްރިޓީންގެ ކާމިޔާބީގައި އެމީހުންގެ ބޮޑީގާޑުންނަކީ މުހިންމު ދައުރެއް އަދާކުރަމުންދާ ބައެކެވެ. މީހުން ބައިބޯ ތަންތަނުން ފަންނާނުންނަށް ރައްކާތެރިކަން ދިނުމާއި މީހުންގެ އުނދަގުލުން ސަލާމަތްކޮށްދީ ފަސޭހަކަން ހޯދައިދިނުމަށް ބޮޑީގާޑުންނަކީ މުހިންމު ބައެކެވެ،

Ads by Sosun Fihaara

މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯންގެ ބޮޑީގާޑް ޖަލާލް އަކީ ވެސް އޭނާއަށް ޚާއްޞަ މީހެކެވެ. ދީޕިކާ ދެކޭ ގޮތުގައި އޭނާގެ ކާމިޔާބީގައި ޖަލާލް ދަނީ ގިނަގުނަ އެހީތެރިކަމެއް ވެދެމުންނެވެ. އެކަންކަން ފާހަގަކޮށް ދީޕިކާ ދެކެނީ ޖަލާލަކީ އޭނާގެ ބޭބެ އެއް ކަމަށެވެ. ބޮޑީގާޑަކާއި އޮންނަ ގުޅުމަށްވުރެ ގާތް ގުޅުމެއް ދީޕިކާއާއި ޖަލާލްއާއި ދެމެދު އޮވެއެވެ. ބޮލީވުޑްގެ ''ބިއުޓީ ކުއީން'' ދީޕިކާއާއި މަޝްހޫރު ބަތަލް ރަންވީރު ސިންހްގެ ކައިވެނީގެ ގިނަ ކަންތައް ތަކެއްގައި ޖަލާލް ވަނީ ބުރަކޮށް މަސައްކަތް ކޮށްފައެވެ.


ދީޕިކާ އޭނާގެ ބޮޑީގާޑަށް ދޭ މުސާރަ މީޑިއާއަށް ހާމަވުމާއެކު އާންމުންނަށް ވަނީ ބޮޑު ހައިރާން ކަމެއް ލިބިގެން ގޮސްފައެވެ. 2017 ވަނަ އަހަރު ޖަލާލްއަށް މުސާރައިގެ ގޮތުގައި 8 މިލިއަން ރުޕީސް ލިބިފައިވެއެވެ.

ބާޖީރާއޯ މަސްތާނީ ފަދަ ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ ދީޕިކާގެ ކުރިއަށް އޮތް ފިލްމަކީ ކަބީރުޚާންގެ ފިލްމް 83 އެވެ. ދީޕިކާއާއި ފިރިމީހާ ރަންވީރު ސިންހް ލީޑްރޯލުން ފެނިގެންދާ މި ފިލްމާއި ގުޅޭ ގޮތުން ކަބީރުޚާން ބުނީ މި ފިލްމަށް ދީޕިކާ ނެގުމަށް ކުރިން ވިސްނާފައި ނެތް ކަމަށާއި ނަމަވެސް ވާހަކައާއި މެދު ދީޕިކާ ވަރަށް ބޮޑަށް ގަޔާވުމުން އޭނާ މި ފިލްމް ޤަބޫލު ކުރީ ކަމަށެވެ.

ބޮލީވުޑްގެ އެންމެ މުސާރަ ބޮޑު ބޮޑީގާޑަކީ އަހަރަކު 2.5 ކްރޯޑް ރުޕީސް ލިބޭ ޝާހްރުކްޚާންގެ ބޮޑީގާޑެވެ. އެއާއި ގާތްކުރާ އަދަދެއްގެ މުސާރައެއް އާމިރްޚާނާއި ސަލްމާންޚާންގެ ބޮޑީގާޑުންނަށް ލިބޭއިރު ސްޕަރ ސްޓަރ އަމީތާބު ބައްޗަންގެ ބޮޑީގާޑުގެ މުސާރައަކީ އަހަރަކު 1.2 ކްރޯޑެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!