މުނިފޫހިފިލުވުން

ޝިލްޕާ 32 ކިލޯ ލުއިކޮށްލީ މި ޑައެޓުން

ދެން އެމްވީ ، ދެން އޮންލައިން

ޝިލްޕާ ޝެލްޓީ އަކީ ދިވެހިންގެ ތެރޭގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ތަރިއެކެވެ. ޝިލްޕާ ޝެއްޓީ އަކީ ފިލްމީ ދާއިރާގެ އިތުރުން އޭނާ ގެ ފިޓްނެސް އަށް ވެސް ވަރަށް މަގުބޫލު ކަމެއް ހޯދި ތަރިއެކެވެ.

Ads by MWSC

ދާދި ފަހުން ޝިލްޕާ މިވަނީ އޭނާ ވިހެއުމާ ގުޅިގެން އިތުރުވި ބަރުދަން ލުއި ކުރުމަށް އޭނާ ގެންގުޅުނު ޑައެޓު ޕްލޭން ފޭނުންނާ ހިއްސާކޮށްފައެވެ. ޝިލްޕާ ވަނީ މި ޑައެޓު ޕްލޭން އިން 32 ކިލޯ ލުއިކޮށްލާފައެވެ.

ޝިލްޕާ އޭނާގެ ދުވަސް ފަށައިގަންނަނީ ހެނދުނު 07:30 ގައެވެ. ހެނދުނު އޭނާ ބޮނީ އެލޯވެރާ ޖޫސް ތަށްޓެކެވެ. އެލޯ ވެރާ ޖޫސް ތައްޔާރުކުރުމަށް 15 އެމްއެލް އެލޯވެރާ އާއި 10 ގަނދަކޯޅި ފަތް އަދި ކުޑަ އިނގުރު ކޮޅެއް އަޅައިގެންނެވެ.

07:45 ގައި ޝިލްޕާ ބޮނީ ދެ ތަށި ހޫނު ފެނެވެ. އޭނާ ބުނި ގޮތުގައި އެއީ ބަނޑު ހަމަޖައްސާލުމަށް ބޯ ދެ ތަށި ފެނެވެ.

8 ޖަހާއިރު ޝިލްޕާ ސައިބޯއިރު ގިނައިން ބޭނުން ކުރަނީ ސީރިއަލްއެވެ. އެގޮތުން ލޯ ފެޓް މިލްކާއެކު އޯޓްސް ނުވަތަ ސީރިއަލް އާއި މިއުސްލީ ހިމެނެއެވެ. މީގެ އިތުރުން ވެސް ފެނު ކެއްކި ދެ ބިހާއި ބްރައުން ބްރެޑް ޓޯސްޓެކެވެ.

ހެނދުނު ސައިބޯތާ އެއްގަޑިއިރު ފަހުން ޝިލްޕާ އަބަދުވެސް ސައި ތަށްޓެއް ބޮއެވެ. ސައި ގިރުމުގައި އާދައިގެ ހަކުރުގެ ބަދަލުގައި ޝިލްޕާ ބޭނުން ކުރަނީ ބްރައުން ޝުގާއެވެ.

ޝިލްޕާ ގެ ޑައެޓުގައި އެންމެ މުހިންމު ރޯލެއް އަދާކުރަނީ ކާ ވަގުތުތަކެވެ. އެގޮތުން 11 ޖަހާއިރު ޝިލްޕާ ކައި އުޅެނީ ފަޅޯ ނުވަތަ އާފަލު ކަހަލަ ފުރުޓެކެވެ. ފުރުޓާއެކު 5 ސަމްސާ ގެ ޔޯގަޓް ސްމޫތީ އެއް އަބަދުވެސް އޭނާ ބޮއެވެ.

މެންދުރު ކެއުމަށް ޝިލްޕާ ކައި އުޅެނީ އެއް ޖޯޑު ބްރައުން ރައިސް އެވެ. އެއާއެކު ތަރުކާރީ ނުވަތަ ގްރިލްޑް ޗިކަން އަބަދުވެސް ކައި އުޅެއެވެ.

ރޭގަނޑުގެ ކެއުން 07:30 ގައި ކާއިރު ބޭނުންކުރަނީ މިކްސްޑް ވެޖްޓަބްލް ސޫޕެކެވެ.

އަދި ދުވަހުގެ އެކި ވަގުތު ތަކުގައި ހަފާލުމަށް ކައިއުޅެނީ ކޮންމެވެސް ކަހަލަ ގެ ނަޓްސް އެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!