މުނިފޫހިފިލުވުން

ބޮލީވުޑް ތަރިންގެ ދެއްކުންތެރިކަން ހުރިވަރު މިހާރު ތިފެންނަނީ: ކަންގްނާ

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން ކަންގްނާ ރަނާވަތު ފާހަގަ ކުރެވެނީ އަބަދުވެސް ވަރަށް ޖެހިލުންކުޑަ، ދިމާލަށް އެއްޗެއް ބުނަން ކެރޭ އެކްޓަރެއްގެ ގޮތުގައެވެ.

Ads by Hajj Corporation

އެކަން ދާދި ފަހުން ވެސް މިވަނީ ހާމަވެފައެވެ.

އެމެރިކާގައި ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް މަރާލުމުން، އެކަމާއި ގުޅިގެން ވަރަށް ގިނަ ބޮލީވުޑްގެ އެކްޓަރުންނެއް ވަނީ ޖޯޖް އަށް ސަޕޯޓުކުރާ ކަމަށް ބުނެފައެވެ. އަދި އޭނާއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާ މުޒާހަރާ ކުރަމުންދާ "ބްލެކް ލައިވްސް މެޓާރ" ގްރޫޕަށް ތާއީދުކޮށްފައިވެސް ބޮލީވުޑް ތަރިން ޓްވީޓް ކޮށްފައިވެސް ވެއެވެ.

ބޮލީވުޑްތަރިންގެ އެއަމަލު ކަންގްނާއަށް ސިފަވީ ވަރަށް ވެސް ދެއްކުންތެރި ޢަމަލެއްގެ ގޮތުގައެވެ.

އެގޮތުން ކަންގްނާ ބުނެފައިވަނީ "ދޮންވާން" ބޭނުންކުރަންވީ ކްރީމާއި އެކިއެއްޗެހީގެ އިޝްތިހާރު ކުޅެމުން، ކަޅު ނަސްލުގެ މީހުންނާއި އެކުގައިވާ ކަމަށް ބުނާ ބުނުމަކީ ވަރަށް ދެއްކުންތެރި ޢަމަލެއް ކަމަށެވެ.

ބީބީސީ އާއި ވާހަކަ ދައްކަމުން "ކުއީން" އެކްޓްރެސް ކަންގްނާ ބުނެފައިވަނީ މިކަމުން ދައްކުވައިދެނީ ބޮލީވުޑްގެ އެއެކްޓަރުންގެ ދެއްކުންތެރިކަމާއި ލަދުކުޑަކަން ކަމުގައެވެ.

"ކީއްވެ އެއްވެސް މީހަކު އެމީހުން ކައިރިގަ ނާހަނީ ކިހާރެއް އެމީހުންނަށް ލިބޭތޯ އެކަހަލަ އިޝްތިހާރު ކުޅެގެން؟ އިޝްތިހާރު ކުރަނީ ދޮންވާން ބޭނުން ކުރެވޭނެ ކްރީމާއި އެހެނިހެން އެއްޗެހި. އެކަމަކު ޓްވީޓު ކުރަނީ ރޭސިޒަމް އާއި ދެކޮޅަށް ހުރިކަމަށް؟ އެކަހަލަ އެކްޓަރުންގެ ދެއްކުންތެރިކަން ހުރިވަރު މިހާރު ތިފެންނަނީ" ކަންގްނާ ބުނެފައިވެއެވެ.

ޖޯޖް ފްލޮއިޑް އަށް އިންސާފު ހޯދައިދިނުމަށް އަޑު އުފުލާފައިވާ ތަރިންގެ ތެރޭގައި މަޝްހޫރު އެކްޓްރެސް ޕްރިޔާންކާ ޗޯޕްރާ، ސޯނަމް ކަޕޫރް އަދި ދިޝާ ޕަޓާނީ ވެސް ހިމެނެއެވެ.

ޕްރިޔާންކާ އާއެކު ފިލްމު "ފެޝަން" ގައި ކަންގްނާ މަސައްކަތް ކޮށްފައިވާއިރު، އެދެމީހުންގެ މެދުގައި އެއިރުން ފެށިގެން ވަނީ ރުޅިވެރިކަން އުފެދިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!