ލައިފްސްޓައިލް

ގަޔަށް ބާރު ޖަނގިޔާ އަދި ބާރު ޖިންސު ލުމަކީ ފިރިހެނުންގެ ދަރިފަނި ދަށްވުމަށް ބާރު އަޅާކަމެއް

ދެން އެމްވީ ، ދެން އޮންލައިން

ދަރިން ނުލިބުމުގެ މަައްސަލައަކީ ދިވެހިންގެ ތެރޭގައި އާންމު މައްސަލަ އެކެެވެ. އުފާވެރި ހަޔާތެއް ފެށުމަށް ކުރާ ކައިވެނި ކިނލަބުވެ ދެމީހުން ވަކިވާ ހިސާބަށް މި މައްސަލައިގެ ސަބަބުން ދަނީ މަދުފަހަރަކު ނޫނެވެ. ދަރިން ނުލިބުމުގެ މައްސަލަ ދެމަފިރިން ކުރެ ކޮންމެ މީހެއްގެ ފަރާތުން ވެސް އަތުވެދާނެ އެވެ. އެގޮތުން ފިރިހެނުންނަށް ދަރިން ނުލިބޭ އެއް ސަބަބަކީ އެމީހުންގެ ދަރިފަނީގެ ބާރު ދެރަވުމެވެ.

Ads by Hajj Corporation

ދިރާސާތަކުން ދައްކާ ގޮތުގައި ބާރު އެއްޗެހި ލުމުން ދަރިފަނީގެ ބާރުދެރަވެ، ދަރިފަނި މަރުވުމަށް ވެސް މަގުފަހިވެއެވެ. މިހެން ދިމާވާ ސަބަބެއްގެ ގޮތުގައި ގިނަ ދިރާސާތަކުން ހާމަވެފައިވަނީ ބާރު ޖަނގިޔާ އަދި ޖީންސް ލުމުން އުފެދޭ ހޫނެވެ. އަދި މި ހޫނުގެ ސަބަބުން ދަރިފަނި މަރުވެ، ދަރިން ލިބުމުން މަހުރޫމް ވުމަށް ވެސް މަގުފަހި ކުރުވައެވެ.

އެގޮތުން މި ދިރާސާގައިވާ ގޮތުން ބާރު ޖީންސް އަދި ޖަނގިޔާ ލާ މީހުންގެ ގައިގެ ފިނިހޫނުމިން އެހެން މީހުނަށް ވުރެ މައްޗެވެ. އަދި މި ފަދަ އެއްޗެހި ލާ މީހުންގެ ދަރިފަނި 50 އިންސައްތަ މަދުކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ދަރިފަނީގެ ދުޅަހެޔޮ ކަމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ ވީ ވަރަކުން ބާރު ޖީންސް އަދި ބާރު ޖަނގިޔާ ލުން މަދު ކުރުމެވެ. އަދި ޖަނގިޔާ ނުވަތަ ބޮކްސާ ލުމުގައި ވެސް ޕޮލިސްޓަރު ފޮތީގެ ބަދަލުގައި ކޮޓޮން ފޮތީގެ ޖަނގިޔާ ލުން ރަނގަޅެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!