ޚަބަރު

ގިނަ ވަގުތުތަކަކަށްފަހު މާމެންދޫއަށް އަނެއްކާވެސް އަލިކަން ލިބިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މިއަދު މެންދުރުން ފެށިގެން ލ. މާމެންދޫއިން ކަރަންޓު ކެނޑިފައި އޮތުމަށްފަހު މިހާރު ކަރަންޓު ލިބިއްޖެއެވެ.

Ads by STELCO

މިކަމާއި ގުޅޭގޮތުން "ދެން" އަށް މައުލޫމާތު މާމެންދޫ އިންޖީނުގޭ ސްޓޭޝަން މެނޭޛަރ ޙުސެއިން މައުސޫމް ވިދާޅުވީ، އެރަށުގައި މިއަދު ދެ އިންޖީނެއްގެ މައްސަލަޖެހިގެން މެންދުރު 15:15 ހާއިރުން ފެށިގެން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

ނަމަވެސް ތިން ފީލްޑާއަކަށް މާމެންދޫ ބަހާފައި އިންނައިރު، ޓެކްނިކަލް ޓީމުން ކުރި މަސައްކަތުން ވަނީ ރަށުގެ އެއް ފީލާޑާއަކަށް ކަރަންޓު ދީފައެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އިންޖީނުގެ ސްޓާޓިން މައްސަލަ ފެއިލްވީ. ދެން އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަނިކޮށް ދެވަނަ އިންޖީނުގެ ވެސް ސްޓާޓިން ފެއިލްވީ. ރަށަށް ބައިބަޔަށް ކަރަންޓު ދޭން ފެށީ މެންދުރު 11:19 ގައި. އެއިރު އިންނާނީ ދެ ފީލްޑާއަށް ދީފަ އެއް ފީލްޑާއިން ކަރަންޓު ކެނޑިފަ. ދެން އެހެން ގޮސް މުޅި ރަށުން އެއްކޮށް އަޅުގަނޑުމެންނަށް ކަރަންޓު ކަނޑާލަން ޖެހުނީ 15:15 ގަ. އެވަގުތުން ފެށިގެން 18:50 އާއި ހަމައަށް އިންނާނެ އެއް ފީލްޑާ އަށް ކަރަންޓު. ދެން 19:50 އިން ފެށިގެން މުޅި ރަށަށް ކަރަންޓު ލިބިފައިވޭ" މައުސޫމް ވިދާޅުވިއެވެ.


މީގެއިތުރުން މައުސޫމް ވިދާޅުވެފައިވަނީ މާމެންދޫއަށް ކަރަންޓު ފޯރުކޮށްދިނުމަށް އިންޖީނުގެ މަސައްކަތް ކުރުމަށް ލ. ގަމުން ވެސް އިންޖިނިއަރުން، ސްޓާޓިން މޯޓަރާއި މަސައްކަތް ކުރުމަށް ބޭނުންވާ ސްޕެއާ ހިފައިގެން އެރަށަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!