ޚަބަރު

ޒަހަމްތަކަކާއެކު މަރުވެފައި އޮތް މީހަކު މުލަކުން ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މ. މުލަކު ވަޑާންގެ އެއްގެ ތެރެއިން ޒަހަމްތަކަކާއެކު މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެ ރަށުގެ ވަޑާންގެއެއްގެ ތެރޭގައި މީހަކު ވެއްޓިފައި އޮތް ކަމަށް ރޭ ފަތިހު ރިޕޯޓް ކުރުމުން އެ ވަޑާންގެއަށް ގޮސް އެ މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ.

އެމީހާގެ ކަނާތް ފަރާތު މޭ މަތިން ނުވަ އިންޗި ހުންނަ ވަރަށް ކަފައިގެން ގޮސްފައިވާ ކަމަށާއި އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މަރުވި މީހާއަކީ ވަޑާމުގެ މަސައްކަތް ކުރާ 44 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވެފައި އޮތް އިރު ކައިރީގައި ކަރަންޓް ކީހެއް އޮތެވެ. އޭރު ވެސް އެ ކީސް އޮތީ އޮންކޮފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!