މުނިފޫހިފިލުވުން

ނިކްގެ ފޯނު ވޯލްޕޭޕަރ ގައި އިންނަނީ ޕްރިޔާންކާއާއި ދެމީހުންގެ ލޯބި ފޮޓޯއެއް

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑް އަދި މިހާރު ހޮލީވުޑްގައި ވެސް ފައިތިލަ ސާބިތު ކޮށްފައިވާ ރީތީގެ ރާނީ ޕްރިޔާންކާ ޗޯޕްރާ އާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސް ފާހަގަ ކޮށްލެވެނީ ވަރަށް ވެސް ލޯބިން އުޅޭ ދެމަފިރިން ގޮތުގައެވެ.

Ads by MWSC

މިކަން އެދެމީހުން އެކަކު އަނެކަނަށްޓަކައި ކޮށްފައި ހުންނަ ޕޯސްޓުތަކުންނާއި އެކުގައި ނަގާފައި ހުންނަ ފޮޓޯތަކުން ވެސް ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ،

ޕްރިޔާންކާއާއި ނިކްގެ ލޯބީގެ ވާހަކައާއި ނަގާފައި ހުންނަ ފޮޓޯތަކުގެ ވާހަކަ ދައްކާއިރު، އެދެމަފިރިންގެ ލޯބި ދަްކުވައިދޭ މަންޒަރުތަކެއް ހިމެނޭ ފޮޓޯއެއް މިވަނީ މިހާރު އަނެއްކާވެސް އިންޓަނެޓުގައި ދައުރުވާން ފަށާފައެވެ.

އެގޮތުން ޕްރިޔާންކާއާއި ނިކް، އަތުގުޅާލައިގެން ކޮންމެވެސް ތަނަކަށް ދަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އާއްމުވެފައިވާއިރު ނޫސްތަކުގެ ފަލަ ސުރުޚީއަށް ބޮޑަށް އެރީ ނިކްގެ ފޯނުގެ ވޯލްޕޭޕަރަށް ލާފައިން ފޮޓޯ އެކެވެ.

ނިކްގެ ފޯނުން ފެންނަނީ ޕްރިޔާންކާއާއެކު ވަރަށް ލޯބިން ނަގާފައިވާ ފޮޓޯއެކެވެ. އެހެންކަމުން ނިކްގެ ފޯނުގެ ވޯލްޕޭޕަރ ފެނިފައި ގިނަ ބަޔަކު ވަނީ ވަރަށް އުފާވެފައެވެ. ނިކް އަކީ އަނބިމީހާދެކެ ހަގީގީ ލޯބިވާ ފިރިއެއްކަމަށް ބައެއް މީހުން ބުނެފައިވާއިރު، ބައެއް އަންހެނުން ކުދިން ފިރިހެނުންނަށް ބުނެފައިވަނީ ނިކް ގޮތަށް ވުމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!