އެމްއެމްޕީއާރުސީގެ ތަހުގީގު އިމްރާން ބޭނުން ގޮތަކަށް ނުނިންމޭނެ، މިނިވަން ތަޙުގީގެއް ހިންގަން ޖެހޭ: ޖަމީލް
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބޭނުން ގޮތަކަށް ނުނިންމޭނެ ކަމަށާއި މިނިވަން ތަޙުގީގެއް ހިންގަން ޖެހޭ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައިސާ ނެގީ/ނުނެގީ ކާކުކަން ނިންމާނީ މިނިވަން ތަހުގީގަކުން ކަމަށާއި ތުހުމަތު ކުރެވޭ އެންމެނަށް ތަހުގީގު ހިންގެން ވާނެ ކަމަށެވެ.
"ރައީސް ސޯލިހު އަށް ކުރެވޭ ތުހުމަތަކުން އިސްތިސްނާވީ ރައީސަށް ވީމަތޯ؟ ނިޔަތަކީ ވަކި ވަޔަކު ބަރީއަ ކުރެއްވުންތޯ؟" ޖަމީލު ސުވާލު ކުރެއްވިއެވެ.
MMPRC ge thahqeeq @ShimranAb beynun gothakah nukurehveyne. Faisaa negee/nunegee kaakutho ninmaanee minivan thahqeeqakun. Thuhumathu kurevey enmennah thahqeeq hingen vaane. @ibusolih ah kurevey thuhumathun isthisnaavee Raeesah veema tho?Niyathakee vaki bayaku bareea kurehvun tho? pic.twitter.com/WGxh3O9fkH
— Mohamed Jameel Ahmed (@MJameelAhmed) June 10, 2020
ޖަމީލު މިފަދައިން ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހިފައި ނުވާ ކަމުގައި ޢިމްރާން ވިދާޅުވުމާ ގުޅިގެންނެވެ.
ރައީސް ސޯލިހު އެފައިސާ ނެންގެވި ކަމަށް ތުހުމަތުކުރައްވާފައިވަނީ އެމްއެމްޕީއާރުސީ ޚިޔާނަތުގައި އެންމެ އިސްކޮށް ހުންނެވި އަޙްމަދު އަދީބާ ވަރަށް އަރިސްކޮށް މަސައްކަތްކުރެއްވި ރައްޔިތުން މަޖިލިހުގެ ކުރީގެ މެމްބަރެކެވެ.