ރިޕޯޓަރަކަށް ޝާހްރުކް އާއި ސަލްމާން އޮޅިއްޖެ
ބޮލީވުޑުގެ "ކިންގްސް" ގެ ގޮތުގައި މަޝްހޫރު ވެފައި އޮންނަ ޝާހުރުކް ޚާނާއި ސަލްމާން ޚާން އަކީ އެކަކަށް ވެސް އޮޅޭނެ ބައެއް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
ނަމަވެސް އިންޑިއާ ގެ ނޫހެއްގެ ރިޕޯޓަރަކަށް މިވަނީ ޝާހުރުކް ޚާނާއި ސަލްމާން ޚާން އޮޅިފައެވެ. މީގެ ދުވަސްކޮޅެއް ކުރީގެ ވީޑިއޯ އެއް ނަމަވެސް މި ވީޑިއޯ ދަނީ މިހާރު މީސް މީޑިއާ ގައި ދައުރުވަމުންނެވެ.
މި ވީޑިއޯ ފެންނަނީ ޝާހުރުކް ޚާން ރިޕޯޓަރުން ތަކެއް ކުރާ ސުވާލަކަށް ޖަވާބު ދޭން އިންނަ ތަނެވެ. އަދި އެތަނުން ރިޕޯޓަރަކު ޝާހު އާ ސުވާލެއް ކުރަން އުޅުމުން އޮޅިގެން ޝާހު އަށް ސަލްމާން އޭ ކިޔާފަ މުހާތަބު ކުރެއެވެ. އަދި ދެވަނަ ފަހަރަށް ޝާހު ކީކޭތޯ އެހުމުން ވެސް އެ އަންހެން ރިޕޯޓަރު ޝާހު އަކީ ސަލްމާން އަށް ހަދައިގެން ވާހަކަ ދައްކައެވެ.
ރިޕޯޓަރަށް މި ސުވާލު ކުރެވެނީ ސަލްމާން އާ ނޫން ކަން އިހުސާސު ވަނީ ތިން ފަހަރު ޝާހު އަށް ސަލްމާން އޭ ކިޔުމަށް ފަހުގައެވެ.
ނަމަވެސް ގިނަ ބައެއްގެ އެންމެ ބޮޑު ސަމާލުކަމެއް އަތުލީ ޝާހު އެކަމާ ރުޅި ނައިސް ރިޕޯޓަރާއި ސަމާސާ ކޮށްލުމަށް އޮޅިގެން އޭނާ އަށް 'ދީޕިކާ' އޭ ކިޔާ ވާހަކަ ދެއްކުމުނެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މިކަމުން ވެސް ޝާހު އަކީ ކިހާ ހިތްތިރި މީހެއް ކަން ހާމަވެގެންދެއެވެ.