ކުޅިވަރު

ސައްޓު،ދާދު އަދި އިއްބެއަށް ޤައުމީ ސްކޮޑުން ޖާގައެއް ނުލިބުނު

ދެން އެމްވީ ، ދެން އޮންލައިން

ޤައުމީ ޓީމުގައި ހިމެނި މިދިޔަ ދެ އަހަރުވެސް މުހިންމު ދައުރެއް އަދާކުރި މިޑްފިލްޑަރ އިބްރާހިމް ވަހީދު ހަސަން އަދި ނާއިޒް ހަސަންއާއިއެކު ޓީސީގެ އިޝާން އިބްރާހިމް ޤައުމީ ސްކޮޑުން ބާކީކޮށްފިއެވެ.

Ads by STELCO

ވަރލްޑްކަޕް ކޮލިފައިންގައި ކުރިއަށްހުރި މެޗުތަކަށް ސްކޮޑު އެކުލަވާލީ ކޮވިޑް-19ގެ ސަބަބުން ޤައުމީ ޓީމްގެ ޕްރެކްޓިސް މެދު ކަނޑާލާފައި އޮތުމަށްފަހު އަންނަ މަހު އަލުން ޕްރެކްޓިސްތައް ފެށުމަށެވެ. ކުރިން ޤައުމީ ޓިމް ޕްރެކްޓިސްކުރީ 30 ކުޅުންތެރިންގެ ސްކޮޑަކާއިއެކުގައެވެ.

25 ކުޅުންތެރިންގެ ސްކޮޑުން ބާކީ ކުރި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި ނާއިޒް ހަސަންއަކީ މިދިޔަ ދެ ތިން އަހަރު ޓީމްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ދެ ކުޅުންތެރިންނެވެ. މިދިޔަ ފެބްރުއަރީ މަހާއި މާޗް މަހު ބޭއްވި ޤައުމީ ޓީމްގެ ފަރިތަކުރުންތަކުގައި މި ދެ ކުޅުންތެރިން ބައިވެރިއެއް ނުވެއެވެ. އެއީ އަނިޔާގައި ހުންނަން ޖެހުމުގެ އިތުރުން އޭއެފްސީ ކަޕްގައި މާޒިޔާ ކުޅެން އޮތް މެޗުތަކުގެ ސަބަބުންނެވެ.

މި ދެ ކުޅުންތެރިންގެ އިތުރުން މިފަހަރު ފުރުސަތު ގެއްލުނު އިޝާންވަނީ މީގެ ކުރިން ޓީމާއިއެކު މިއަހަރުގެ ކުރީކޮޅު ޕްރެކްޓިސްކޮށްފައެވެ. އޭނާއަކީ މިދިޔަ ސީޒަންގައި ތިންވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. ސައްޓު ބާކީކުރީ ޕްރެކްޓިސްތަކުގައި އައު ކޯޗު ބޭނުންވާ ފެންވަރުގެ ކުޅުމެއް ނުދެއްކިގެންކަމަށް ބެލެވެއެވެ.

މީގެ އިތުރުން މާޒިޔާގެ ޑިފެންޑަރ މުޖުތާޒު މުޙައްމަދަށް މިފަހަރު ފުރުސަތެއް ނުލިބެއެވެ. އަދި އަނިޔާގައި ތިބި ކުޅުންތެރިންކަމަށްވާ ހައިޝަމް ހަސަން، އަސަދުﷲ އަބްދުﷲ އަދި މުޙައްމަދު ނާއިމްވެސް ސްކޮޑުގައި ނުހިމެނެއެވެ.

ޓީމުން އަލަށް ފުރުސަތު ހޯދި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ގްރީން ސްޓްރީޓްސްގެ އަލީ ޝާމިސްއެވެ. އަދި މީގެ އިތުރުން ދެވަނަ ޑިވިޝަންގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އާދަމް ނިޒާމްވެސް ސްކޮޑުގައި ހިމެނެއެވެ.

ޤައުމީ ފުޓްބޯޅަ ޓީމުގެ 25 ކުޅުންތެރިންގެ ސްކޮޑު:

މާޒިޔާ: ސަމޫހު އަލީ (ސަމުއްޓެ)، މުހައްމަދު އިރުފާން (އިރޭ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް އައިސަމް، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެއިން ޝަރީފް ، ހުސައިން ނިހާން (ނިހާޓް)، އާދަމް ނިޒާމް (ކިތުނާ)

ޓީސީ: އަލީ އަޝްފާގު (ދަގަނޑޭ)، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަހުމަދު ރިލްވާން (ބެން)، އިސްމާއިލް އީސަ (މެސީ)، އަލީ ޝާމިސް (ތޮއްޕޭ)

އީގަލްސް: އަހުމަދު ނޫމާން (ހެލްމެޓް)، އިމްރާން ނަޝީދު (އިންމަ)، އަހުމަދު ރިޒްވާން (ރިޒޭ)، ހުސެއިން ސިފާއު (ކުރޯ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، އަލީ ފާސިރު (ސެންޓޭ)، ހަސަން ނަޒީމް (ޗޯޓު)

ގްރީން ސްޓްރީޓްސް: މުހައްމަދު އާރިފް (ބަކާ)، އަބްދުﷲ ޔާމީން (ޔާން)، މުހައްމަދު އުމެއިރު، މުހައްމަދު ޝަފީއު (ޗެކް)

ދަ ގްރާންޑޭ: މުހައްމަދު ފައިސަލް

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!