ޕްރިޔަންކާ ގާތު ބަނޑުބޮޑުހޭ ދެން ނާހާތި

މާ ގިނައިން ބަނޑު ބޮޑުތޯ މީހުން ސުވާލު ކުރާތީ ބޮލީވުޑު ތަރި ޕްރިޔަންކާ ޗޯޕްރާ އެކަމާ ރުޅިގަދަ ވެއްޖެއެވެ.
މީގެ ކުރިން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ވަނީ ކްރިކެޓް ޓީމެއް ހަމަކުރެވޭ ވަރަށް ދަރިން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި ޕްރިޔަންކާ ކައިވެނި ކުރި ފަހުން ގިނަ ބަޔަކު އަންނަނީ މި ވާހަކަ ދައްކަމުންނެވެ.
ނަމަވެސް ދާދި ފަހުން ޕްރިޔަންކާ ވަނީ އޭނާ އެހެން ބުނި ފަހުން ދަރިއަކު ހޯދުމަށް ގިނަ ބަޔަކު ޕްރެޝަރު ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އަދި އެކަން ހުއްޓާލުމަށް ޕްރިޔަންކާ ވަނީ އެދިފައެވެ.
ޕްރިޔަންކާ އިތުރަށް ބުނީ އޭނާ ދަރިން ހޯދާ ވާހަކަ ބުނީ މީގެ އެތައް އަހަރެއް ކުރިން ކަމަށާއި އަދި ދަރިއަކު ހޯދަން ބޭނުންވާ ވަގުތު އޭނާ އަށް ނުޖެހޭ ކަމަށެވެ.
ޕްރިޔަންކާ އާއި ނިކް ކައިވެނި ކުރީ ޑިސެމްބަރު 2، 2018 ގައެވެ.