ރިޕޯޓް

ކޮވިޑް-19: "އޯ ޕޮޒިޓިވް" ލޭ ހުންނަ މީހުންނަށް މިބަލިޖެހުމުގެ ފުރުސަތު ކުޑަ!

ދެން އެމްވީ ، ދެން އޮންލައިން

"އޯ" ޕޮޒިޓިވް ލޭ ހުންނަ މީހުންނަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު ވަރަށް ވެސް ކުޑަކަމަށް ދިރާސާއަކުން ދަްކައިފިއެވެ.

Ads by STELCO

ޖެނެޓިކްސް ޓެސްޓިން ކޮމްޕެނީއެއް ކަމަށްވާ "23އެންޑްމީ" ގެ ތަޖުރިބާކާރުންތަކެއް އަލަށް ހެދި ދިރާސާއަކުން ދެއްކި ގޮތުގައި، ހަށިގަނޑުގައި އޯޕޮޒިޓިވް ލޭ ހުންނަ މީހުންނަށް ކޮރޯނާ ވަރިަސް ނުވަތަ ކޮވްޑް-19 ޖެހުމުގެ އޮތީ އެންމެ 9% އާއި 18% ގެ ފުރުސަތެއް ކަމަށެވެ.

ގާތްގަނޑަކަށް 750،000 އަށްވުރެ ގިނަމީހުންގެ ސާޕްލަމް ނަގައިގެން ޓެސްޓު ހެދި މިދިރާސާއާއި ބެހޭގޮތުން އެކުންފުނިން ބުނެފައިވަނީ އޯ ޕޮޒިޓިވް ލޭ ހުންނަ މީހުންނަށް މިބަލި ޖެހުމުގެ ފުރުސަތު ކުޑަކަމުން ދައްކައިދެނީ، ލޭގެ ގްރޫޕްގެ ވައްތަރާއި މިވައިރަސްއާއި ގުޅުމެއް އިންނަ ކަމަށެވެ.

ދިރާސާއަށް ސާމްޕަލް ނަގައިގެން ޓެސްޓުހެދި މީހުންގެ ތެރެއިން އޯ ޕޮޒިޓިވް ލޭ ހުރިމީހުންނަށް ބަލާއިރު، ކޮވިޑް އަށް ފައްސިވެފައިވަނީ އެންމެ 1.3% މީހުން ކަމަށް ވެސް އެކުންފުނީގެ ދިރާސާ ރިޕޯޓުތަކުން ދެއްކިއެވެ.

އެހެން ލޭގެ ގްރޫޕްތަކަށް ބަލާއިރު "އޭ" ޕޮޒިޓިވް ލޭ ހުންނަ މީހުންގެ ތެރެއިން ބައްޔަށް ފައްސިވެފައިވަނީ 1.4% މީހުންނެވެ. އަދި ބީ ޕޮޒިޓިވް ލޭ ހުރި 1.5% ބމީހުން ފައްސި ވެފައިވާއިރު އޭބީ ޕޮޒިޓިވް ލޭ ހުރި މީހުންގެ ތެރެއިން މިބައްޔަށް ފައްސިވެފައިވަނީ ވެސް 1.5% މީހުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!