ހައުސިން މިނިސްޓަރު އާތިފާ އިސްތިއުފާ ހުށަހަޅުއްވައިފި
ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު އިސްތިއުފާ ހުށަހަޅުއްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައުސިން މިނިސްޓަރު އާތިފާ އިސްތިއުފާ ހުށަހެޅުއްވީ ބަލި ހާލަތު ހުރިގޮތުންނެވެ.
އާތިފާ މަގާމުން ވަކިކޮށްދޭން އެދި މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ރައީސްކަން ކުރައްވާ އިބްރާހިމް ރަމީޒާ ވަނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއަކުން ދަންނަވާފައެވެ.
އާތިފާ އިސްތިއުފާއަށް ހުށަހަޅުއްވާފައި މިވަނީ ހިޔާ މަޝްރޫގެ ފްލެޓްތައް އަންނަ މަހު ހަވާލު ކުރެވޭނެ ކަމަށް ވިިދާޅުވެފައިވަނީ އޮޅުމަކުން ކަމަށް ބުނެ ހައުސިން މިނިސްޓްރީން ބަޔާނެއް ނެރުމުންނެވެ. އެކަމާ ގުޅިގެން މިނިސްޓަރަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފަ އެވެ
އާތިފާ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރްއެމްގެ ސްލޮޓެއްގައި ވަޒީރުކަން ލިބިވަޑައިގެންނެވި ބޭފުޅެކެވެ.