ޚަބަރު

ތިނަދޫން ކޮވިޑް19 އަށް މީހަކު ފައްސި ވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ގދ.ތިނަދޫން ކޮވިޑް19 އަށް މީހަކު ފައްސި ވެއްޖެއެވެ.

Ads by STELCO

“ދެން” އަށް މައުލޫމާތުދެމުން ގދ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ، ތިނަދޫން ކޮވިޑް-19 އަށް މީހަކު ފައްސި ވެފައި ވާ ކަމަށެވެ.

ފައްސި ވެފައި ވަނީ ކަރަންޓީނުގައި ހުރި އެ ރަށު ސްކޫލެއްގައި ކިޔަވައިދެމުން އަންނަ ޓީޗަރެކެވެ. އޭނާގެ ކޮންޓެކްޓެއް މިހާތަނަށް ފާހަގަ ކުރެވިފައި ނުވާ ކަމަށާއި އޭނާއަކީ ރާއްޖެއިން ބޭރުން އައިސް ކަރަންޓީންގައި ހުރި ބިދޭސީއެއް ކަމަށް ވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ތިނަދޫގައި މީގެކުރިން ކަރަންޓީންގައި ތިބި ބައެއް މީހުން ވެސް ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 13,540 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދަކީ މިހާރު 49 އެވެ. ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 69 މީހުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!