އާ މިނިސްޓްރީއަށް އަސްލަމް ހަމަޖައްސަވާނަމަ އާ މަސްއޫލިއްޔަތުތަކާއެކު މަގާމުގެ ހުވާ ކުރެއްވުމަށް ހަނދާން ކޮށްދެން: ނިމާލް
ޕްލޭނިން މިނިސްޓްރީގެ ނަން ބަދަލު ކުރެއްވުމާއެކު ، މިނިސްޓަރ ކަމަށް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ހަމަޖައްސަވާނަމަ އާ މަސްއޫލިއްޔަތުތަކާއެކު މަޤާމުގެ ހުވާ ކުރެއްވުމަށް ހަނދާންކޮށްދޭ ކަމަށް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެއަތޮޅު ރައީސް ކަމަށް ވާދަ ކުރައްވާ މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ މަޤާމްގައި ހުންނެވި އާތިފާ ޝުކޫރު އިސްތިއުފާ ދެއްވުމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެ މިނިސްޓްރީ އުވާލައްވާފައެވެ. އަދި އެ މިނިސްޓްރީން ކުރަމުން ދިޔަ މަސައްކަތް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ ގެ ދަށަށް ބަދަލު ކުރައްވާ ރައީސް ޞާލިޙް ވަނީ އެ މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ނަމަށް ބަދަލު ކުރައްވާފައެވެ.
މި ބަދަލު ތަކާއި ގުޅިގެން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރކަން ވެސް ކުރިން ކުރެއްވި ނިމާލް ވަނީ އާ މިނިސްޓްރީގެ މިނިސްޓަރ ކަމަށް ހަމަޖައްސަވަނީ ކޮން ބޭފުޅެއްތޯ ސުވާލު ކުރައްވާފައެވެ.
'' މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ މިނިސްޓަރގެ މަޤާމަށް ހަމަޖައްސަވާނީ ކޮން ބޭފުޅެއްބާ؟ އެ މަޤާމަށް ، ނަމަށް ބަދަލު އައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އަސްލަމް ހަމަޖައްސަވާނަމަ އާ މަސްޢޫލިއްޔަތާއި އެކު މިނިސްޓަރ މަގާމުގެ ހުވާ ކުރެއްވުމަށް ހަނދާން ކޮށްދެން" ނިމާލް ޓްވީޓް ކުރައްވާފައިވެއެވެ.
Ministry of National Planning, Housing & Infrastructure Minister maqaamah hama jahsavaany konbeyfulhehbaa! aemaqaamah namah badhalu ai Minister of National Planning & Infrastructure Aslam hama jahsavaanama aa masooliyathaai eku Minister maqaamge huvaa kurehvumah hadhaankohdhen.
— Mohamed Nimal (@NimalKokaa) June 11, 2020