ޚަބަރު

މާލޭގައި އަނެއްކާވެސް ގްރޫޕަކުން ގޮސް މީހަކަށް ހަމަލާދީފި

ދެން އެމްވީ ، ދެން އޮންލައިން

މާލޭގައި އަނެއްކާވެސް ގްރޫޕަކުން ގޮސް މީހަކަށް ހަމަލާދީފިއެވެ.

Ads by STELCO

މިއަދު ހަވީރު 16:19 ހާއިރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ޑޮލަރު އޭޓީއެމް ސަރަހައްދުގައި މާރާމާރީ ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ އާންމުވެފައެވެ.

ފުލުހުން ބުނީ އެ މާރާމާރީގައި އަނިޔާދީފައި ވަނީ 23 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.

އެ ވީޑިއޯ އިން ފެންނަގޮތުގައި ބޮޑު ގްރޫޕަކުން ގޮސް އެމީހާ ބިންމައްޗަށް ވައްޓާލައި އޭނާގެ ގައިގައި ކޮޅުފައިން ޖަހާ ހަމަލާދެއެވެ.

މާރާމާރީ ހިންގަމުން ދަނިކޮށް ޔުނީފޯމުގައި ހުރި ފުލުހަކު އެތަނަށް ގޮސް އެމީހުން ހުއްޓުވަން މަސައްކަތް ކުރުމުން، އެންމެން ސައިކަލުތަކެއްގައި ފިލައެވެ.

މިއަދު ގްރޫޕަކުންގޮސް މީހަކަށް ހަމަލާދީފައިވާއިރު، މިމަހުގެ ނުވަ ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު ފޮރިން މިނިސްޓްރީ އިމާރާތް ކުރިމަތީގައި ވެސް ވަނީ ގްރޫޕަކުން ގޮސް މީހަކަށް ހަމަލާދީފައެވެ. އެ މަރާމާރީ ހިންގި އެންމެން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!