ޚަބަރު

ރައީސް އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލި މީހާ ޖޫރިމަނާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

2017 ވަނަ އަހަރުގެ ތެރޭގައި ރައީސް އޮފީހުގެ ބިއްލޫރި ގަނޑެއް ތަޅާލި މީހާ ކްރިމިނަލް ކޯޓުން ޖޫރިމަނާ ކޮށްފިއެވެ.

އެ މައްސަލާގައި ޖޫރިމަނާކޮށްފައި ވަނީ ހއ. ދިއްދޫ / ހަވީރީފިނި، އަހްމަދު ސިރާޖު އެވެ.

މުދަލަށް ގެއްލުންދިނުމުގެ ދައުވާ އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ 19 މާޗް 2017 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި، ޕޭވްމަންޓު ގަލަކުން ޖަހައި ރައީސް އޮފީހުގެ އަމީރު އަހްމަދު މަގާވީ ފަރާތުގެ ބިއްލޫރިގަނޑު ތަޅާލާފައި ވާތީއެވެ.

އެ ދައުވާ އަށް އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައެވެ. އޭނާ އަށް ޖޫރިމަނާގެ ހުކުމެއް ކުރީ އެހެންވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!