ޚަބަރު

ފުދުންތެރިކަން ނެތް އާއިލާތަކަށް އެހީވުމަށް އެހީ ޖަމްއިއްޔާއިން ހިންގާ ''ހެވަތަަ''އަށް އެހީވުމުގެ ފުރުސަތު ދިރާގުގެ''ނައުއެމްވީ''އިން

ދެން އެމްވީ ، ދެން އޮންލައިން

އެހީ ޖަމިއްޔާއިން ކުރިޔަށްގެންދާ "ހެވަތަ" ޕްރޮގްރާމަކީ ދިރިއުޅުމުގެ ޙާލަތު ދަށް ޢާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހިންގޭ ޕްރޮގްރާމެކެވެ. އެހީ ޖަމިއްޔާއިން މަޢުލޫމާތުދޭގޮތުގައި "ހެވަތަ" އިން އެހީވާ ޢާއިލާތަކަކީ ލިބޭ އާމްދަނީއިން ޟުރޫރީ ބޭނުންތައް ނުފުއްދޭ ނުވަތަ އެފަދަ ބޭނުންތައް ފުދުނު ނަމަވެސް ކުއްލިއަކަށް ކުރިމަތިވާ އެއްވެސް ކަމެއްގައި ހޭދައެއް ކުރުމުގެ ތަނަވަސްކަން ނެތް ޢާއިލާތަކެވެ.

Ads by STELCO

އެހީ ޖަމްއިއްޔާ އިން ބުނީ ދިރާގުގެ "ނައުއެމްވީ" އެޕްލިކޭޝަނުގައި "ހެވަތަ" ޕްރޮގްރާމް ހިމެނުމާއެކު މިފަދަ ނިކަމެތި ޢާއިލާތަކަށް އެހީވުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު އެކަން ކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ.

މި ޕްރޮގްރާމާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެހީ ޖަމިއްޔާގެ ހޮޓްލައިން ނަންބަރު 7803433 ނުވަތަ ހެވަތަ ހޮޓްލައިން ނަންބަރު 9133433 މެދުވެރިކޮށް މަޢުލޫމާތު ލިބޭނެއެވެ.

"ހެވަތަ" ޕްރޮގްރާމްގެ ދަށުން މިހާތަނަށް 20 ޢާއިލާއަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެޖަމްއިއްޔާ އިން ދަނީ "ހެވަތަ" މެދުވެރިކޮށް ފުދުންތެރިކަން ނެތް ޢާއިލާތަކަށް އެއް މަސްދުވަހަށް ބޭނުންވާ ކާބޯތަކެއްޗާއި ކުޑަކުދިންގެ ކާނާއާއި، ނެޕީފަދަ ތަކެތި ފޯރުކޮށްދެއެވެ. ކާބޯތަކެތީގެ ގޮތުގައި މައިގަނޑު ގޮތެއްގައި ފޯރުކޮށްދެމުން ދަނީ ހަނޑޫ،ހަކުރު،ފުށް،ކައްކާތެޔޮ އަދި ދަޅު މަހެވެ:

"ހެވަތަ" ޕްރޮގްރާމްގެ އިތުރުން، އެހީ ޖަމިއްޔާއިން އަންނަނީ ކޮވިޑް 19 ގެ ހާލަތާއި ގުޅިގެން ހާލުގައި ދިރިއުޅެމުން އަންނަ ޢާއިލާތަކަށާއި ބިދޭސީއިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!