ޚަބަރު

ޖީހާންއަށް ގަމުން ގޯއްޗެއް، ގަމުގައި ދިރިއުޅުއްވާ ކަމަށް 10 މާކްސް ލިބުނު

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދަށް ލ. ގަމުން ގޯއްޗެއް ދީފިއެވެ.

Ads by STELCO

އެމްޑީޕީއަށް ނިސްބަތްވާ މެންބަރު ޖީހާން އަށް ގަމުން ގޯޗެއް ދީފައިވާއިރު، ގޯތި ލިބުނު މީހުންގެ ލިސްޓުން ދައްކާ ގޮތުގައި އެކަމަނާ އެރަށުގައި ދިރިއުޅުއްވާ ކަމަށް 10 ޕޮއިންޓް ލިބިފައިވެއެވެ.

ގަމު ކައުންސިލުން އާއްމުކޮށްފައިވާ ގޯތި ލިބުނު މީހުންގެ ލިސްޓުގައި މެންބަރު ޖީހާނަށް ގޯތި ދީފައި ވަނީ ގޯތި ލިބޭނެ ފަރާތްތަކަށް ޕޮއިންޓް ދޭނެ ކަމަށް ބަޔާން ކުރާ އުސޫލުގައި ބުނެފައިވާ ކަންކަމަށް ޤަވައިދާއި ހިލާފަށް ޕޮއިންޓް ދީގެންކަން ފާހަގަ ކުރެވެއެވެ.

އެނގިފައިވާ ގޮތުގައި މެންބަރު ޖީހާންގެ ފިރިކަލުންނަކީ ލ. ގަމަށް ނިސްބަތްވާ މީހެކެވެ. ނަމަވެސް އެކަމަނާ ދުވަހަކު ވެސް ގަމުގައި ދިރިއުޅުއްވާފައެއް ނުވެއެވެ.

އެރަށުން 400 ގޯތި ދޫކޮށްފައިވާއިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާނަށް ލިބިފައިވަނީ 71 ޕޮއިންޓެވެ. އަދި އެކަމަނާ އަށް ލިބިފައިވަނީ ލިސްޓުގެ 389 ވަނައެވެ.

ލިސްޓްގައި ބަޔާންކޮށްފައިވާ ގޮތުން، ގަމުން ގޯތި ލިބުނު 400 މީހުންގެ އިތުރުން ތައްޔާރު ކޮށްފައި އޮތް ރިޒާވް ލިސްޓްގެ އެންމެ ކުރީގައި އޮތް މީހާ އަށް 66 ޕޮއިންޓް ލިބިފައިވެއެވެ.

ގަމުގައި ދިރިއުޅޭ ކަމަށް ބުނެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާނަށް ދީފައިވާ 10 ޕޮއިންޓް އުނިކޮށްފިނަމަ އެކަމަނާއަށް ލިބޭނީ 61 ޕޮއިންޓެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!