ޚަބަރު

ފެރިދޫގައި ހިނގި މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފި

ދެން އެމްވީ ، ދެން އޮންލައިން

އއ. ފެރިދޫގައި ހިނގި މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފިއެވެ.

Ads by Sosun Fihaara

ފުލުހުން މިއަދު ބުނީ އެ މާރާމާރީގައި 32 އަހަރުގެ ދިވެހި ފިރިހެނަކު ޒަހަމްކޮށްލާފައިވާ ކަމަށެވެ. އެމީހާއަށް ހަމަލާ ދިނީ ހަ މީހުންގެ ގްރޫޕަކުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އަދި މި ހާދިސާގައި އެ ގްރޫޕުން ޒަހަމްކޮށްލި މީހާގެ ގެއަށްވެސް ގެއްލުން ދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ޒަހަމްވި މީހާގެ ބޮލުން ދެ ތަނެއް ފަޅައިގެން ގޮސްފައިވާއިރު ވާއަތުގެ އުޅަނބޮޅުން ދެ ތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި ވާއަތުގެ ކޮނޑުހުޅުން ހަލާކުވެ ކަނާތުގެ ލޯ ދުޅަވެފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

ޒަހަމްވި މީހާގެ ގޭގެ ކުޑަދޮރުގެ ބިއްލޫރި ގަނޑު ތަޅާލާފައިވާއިރު އެގޭގެ ބަދިގޭގައި ހުރި ތެލިފަދަ ތަކެއްޗަށްވެސް ގެއްލުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!