ބޮމެއް ގޮއްވާލާނެކަމުގެ އިންޒާރާއެކު އެމެރިކާގެ ސުޕްރީމް ކޯޓު ހުސްކޮށްފި

އެމެރިކާގެ ސްޕްރީމް ކޯޓްގައި ބޮމެއް ގޮއްވާލާނެ ކަމުގެ އިންޒާރާއެކު އެމެރިކާގެ އެކޯޓު ހުސް ކޮށްފިއެވެ.
މިއިންޒާރު ލިބިފައިވަނީ އެމެރިކާ އާރައީސް ޖޯސެފް އާރް ބައިޑަން، ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވާ ވަގުތުގެ ދެ ގަޑިއިރު ކުރިން ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ސަލާމަތީ ސަބަބުތަކަށްޓަކައި، ޖޯ ބައިޑަން އެމެރިކާގެ ރައީސް ކަމަށް ހުވާ ކުރައްވާ ރަސްމިއްޔާތު ބާއްވާ "ނޭޝަނަލް މޯލް" އަށް އާއްމުންނަށް ނުވަދެވެއެވެ.
މީގެކުރިން އެމެރިކާގެ ކޮންމެ ރައީސަކު ވެސް ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގަތުމަށް އެމެރިކާގެ 200،000 މީހުންނަށް ޖާގަދޭ ކަމަށް ރިޕޯޓުތަކުން ހާމަވެއެވެ.
ނަމަވެސް އެމެރިކާގެ 46ވަނަ ރައީސް ހުވާ ކުރެއްވުމުގެ މިރަސްމިއްޔާތުގައި މީހުންގެ ބަދަލުގައި "ނޭޝަނަލް މޯލް"އިން ފެންނަނީ އެމެރިކާގެ 56 ސްޓޭޓާއި ޓެރިޓޮރީސް ރަމްޒުކޮށްދޭ 200،000 ދިދައެވެ.