ޚަބަރު

ލުތުފީ ފިލި މައްސަލައިގެ އަޑުއެހުންތައް މާދަމާ ފަށަނީ

ދެން އެމްވީ ، ދެން އޮންލައިން

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބޭސްފަރުވާ އަކަށް ރާއްޖެ އިން ބޭރަށް ފޮނުވުމުން ފިލި މައްސަލާގައި އޭނާގެ މައްޗަށް ކުރި ދައުވާ ގެ އަޑުއެހުމެއް މާދަމާ އަށް ތާވަލް ކޮށްފިއެވެ.

Ads by STELCO

ލުތުފީގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ 537 ވަނަ މާއްދާގެ ދަށުން މީހުން ބަންދުކުރާ މަރުކަޒުން ފިލުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާގައި ބުނެފައިވަނީ ލުތުފީގެ މައްޗަށް ދައުވާކުރަނީ ބަލިވެގެން ބޭސްކުރުމަށް ދިޔުމަށް ދޫކޮށްފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމެންޓްގެ ދަށުން 16 ޖެނުއަރީ 2010 ގައި އިންޑިއާ ދިޔުމަށްފަހު 1 މެެއި 2019 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ އިދާރާއަކަށް އެންގުމަކާއި ނުލާ ފިލައިގެން އުޅެފައިވާކަމަށެވެ.

ކްރިމިނަލް ކޯޓުގައި މާދަމާ ހެނދުނު 11:00 އަށް ތާވަލް ކޮށްފައިވާ މިއ އަޑުއެހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށެވެ.

ލުތުފީ އަކީ ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދެވުނު އުދުވާނީ ހަމަލާއާއި ގުޅިގެން އުމުރު ދުވަހަށް ޖަލަށް ލާފައިހުރި މީހެކެވެ. މިހާރު އޭނާގެ ހުކުމްގައި އޮތީ ހަތަރު އަހަރާއި ދުވަސް ކޮޅެކެވެ.

ފިލައިގެން އަށް އަހަރު އުޅުމަށްފަހު ލުތުފީ ވަނީ މިދިޔަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް ފުލުހުންނާ އަމިއްލަ އަށް ހަވާލުވެފައެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހުގެ 9ވަނަ ދުވަހުގެ ރޭ ފުލުހުން ލުތުފީ އަނބުރާ ރާއްޖެ ގެނައިއިރު، މާލެ ގެނައި ގޮތަށް ފުލުހުން ވަނީ އޭނާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!