ޚަބަރު

އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގެ އަޑުއެހުންތައް އާދިއްތަ ދުވަހު

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގެ އަޑުއެހުންތައް ފެށުމަށް ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހަށް ތާވަލް ކޮށްފިއެވެ.

Ads by STELCO

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކި ކުރީ އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައެވެ. އަލީ ވަހީދުގެ މައްޗަށް ތުހުމަތުގެ ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ގުޅޭ، ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ އާދިއްތަ ދުވަހުގެ 13:30 އަށެެވެ.

މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ "ރާއްޖެއެމްވީ" ގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންނަށް އަލީ ވަހީދު ޖިންސީ ގޯނާ ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން އޮފީސް ތޭރެގައި މިނިސްޓަރުގެ ކެބިންއަށް އަންހެން ސްޓާފުން ގެންގޮސްގެންނާއި ރިސޯޓަށް ގެންގޮސްގެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރައްވާފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، އަލީ ވަހީދު މައްސަލައާ ގުޅިގެން 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!