ޚަބަރު

އެމްޓީސީސީ އިން ތ. އަތޮޅާއި ލ. އަތޮޅާ ދެމެދު ކުރާ ލޯންޗް ފެރީ ދަތުރުތަކުގެ ގަޑިތަކަށް ބަދަލުތަކެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ތ. އަތޮޅާއި ލ. އަތޮޅާ ދެމެދު ކުރާ ލޯންޗް ފެރީ ދަތުރުތަކުގެ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

Ads by MWSC

މިބަދަލުތައް ގެނެވުނީ ބަލަންޖެހޭ ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހު، އާންމު ރައްޔިތުންނަށް ލުއި ފަސޭހަ ކުރުމުގެ ގޮތުން ކަމަށް އެމް.ޓީ.ސީ.ސީ.ން ބުނެއެވެ. އެމް.ޓީ.ސީ.ސީ.އިން ކުރި ޓްވީޓެއްގައި ވަނީ އަތޮޅުތެރޭގެ ރަށްތަކަށް ދެމުންދާ ލޯންޗު ފެރީގެ ޚިދުމަތުން މިހާރު ތ. އަތޮޅާއި ލ. އަތޮޅާ ދެމެދު ކުރާ ދަތުރުތަކުގެ ގަޑިތަކަށް ބަދަލު ގެނެވިފައިވާ ކަމަށެވެ.

އެމް.ޓީ.ސީ.ސީ.ން ބުނީ ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހުން ފެށިގެން ލޯންޗް ފެރީގެ ޚިދުމަތް ހަފްތާއަކު 4 ދުވަހު ދޭނެ ކަމަށެވެ. އެގޮތުން ހޮނިހިރު، އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯންޗް ފެރީގެ ޚިދުމަތް ދެމުންދާނެ ކަމަށް އެމް.ޓީ.ސީ.ސީ.އިން ބުނެއެވެ.

ތ އަދި ލ އަތޮޅާ ދެމެދެ ފަށާ ލޯންޗު ފެރީގެ ހިދުމަތް ދޭ ރޫޓްގައި ހިމެނޭ ރަށްތަކަކީ ތ. ވޭމަންޑޫ، ތ. ތިމަރަފުށި އަދި ލ. ގަމެވެ. އެގޮތުން މި ހިދުމަތުގައި ތ. ވޭމަންޑޫން ތ. ތިމަރަފުއްޓަށް އެއްކޮޅު ޓިކެޓުގެ އަގަކީ 75 ރުފިޔާއެވެ. ތ. ވޭމަންޑޫ އަދި ތ. ތިމަރަފުށިން ލ. ގަމަށް އެއްކޮޅު ޓިކެޓުގެ އަގަކީ 250 ރުފިޔާއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!