ޚަބަރު

އަލީ ވަހީދުގެ ޝަރީޢަތް: ހެއްކާއި ޤަރީނާ ހުށަހަޅައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކޮށްފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލައާ ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އަލީ ވަހީދާ ދެކޮޅަށް ހެއްކާއި ގަރީނާ ހުށަހެޅި ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

Ads by STELCO

އެނގިފައިވާ ގޮތުގައި މިމައްސަލައިގެ މިއަދުގެ ޝަރީޢަތުގައި އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ހަތް ދައުވާއަށް ވެސް އަލީ ވަހީދު އިންކާރު ކުރެއްވި ކަމަށް އޮންލައިން ނޫސް "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަމާން މުހައްމަދު ނަޖީބު ވިދާޅުވެފައިވެއެވެ.

ދައުލަތުން އަލީ ވަހީދާ ދެކޮޅަަށް ދެ ހެއްކަކާއި ގަރީނާއެއް ހުށަހެޅި ކަމަށް ވެސް ނަޖީބު ވިދާޅުވެފައިވެއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއަށް ޖަވާބުދާރީ ވުމަށާއި، އަލީ ވަހީދުގެ ފަރާތުން ހެކި ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށް އަލީ ވަހީދުގެ ފަރާތުން މިއަދުގެ ޝަރީއަތުގައި އެދުނު ކަމަށާއި ޝަރީޢަތް ނިންމާލީ އަލީ ވަހީދަށް އެ ފުރުސަތު ދީފައި ކަމަށް ނަޖީބު ވިދާޅުވިއެވެ. އަދި ދެން އަޑުއެހުން އޮންނަ ދުވަހެއް އާންމު ކުރާނެ ކަމަށް ވެސް ނަޖީބު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!