ގިރިލަންކަންފުށި ފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރ ރާއްޖެ ދޫކޮށް ފުރުން މަނާކޮށްފި
ގިރިލަންކަންފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރ ރާއްޖެ ދޫކޮށް ފުރުން މަނާ ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅެއްގައި ކޯރުކެނޑި މައްސަލައާ ގުޅިގެން ގިރިލަންކަންފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރ ފުރުން މަނާ ކުރުމުގެ އަމުރަކަށް ރޭގެ ވަގުތެއްގައި ފުލުހުން އެދިފައިވާ ކަމަށެވެ.
ޖެނެރަލް މެނޭޖަރ ފުރުން މަނާ ކުރުމުގެ އަމުރު ލިބުމާ ގުޅިގެން ކަމާ ގުޅުން ހުރި މުއައްސަސާތަކާ ވަނީ އެކަން ހިއްސާ ކޮށްފައިކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ ފުލުހުންނާއި އީޕީއޭ ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.
އެ ފިނޮޅުގެ ކޯރު ކަނޑައި، އެ ތަނަށް ގެއްލުން ދޭން މަސައްކަތްކުރި ކަމަށް ބެލެވެނީ ގިރިލަންކަންފުށި ރިސޯޓުގެ ބައެއް މުވައްޒަފުންނާއި އިސްވެރިންތަކެކެވެ
ގިލިލަންކަންފުއްޓާއި ހިންމަފުއްޓާ ދެމެދުގައި އޮންނަ މިފިނޮޅަކީ ހިންމަފުށީގައި ދިރިއުޅޭ މީހުންނާއި އެ ރަށަށް ޒިޔާރަތް ކުރާ މީހުން ދަތުރު ގޮސް ހަދާ ފިނޮޅެކެވެ.
ގިލިލަންކަންފުށި ރިސޯޓުން ހިތްހަމަނުޖެހުނީ އެ ތަނަށް ރަށުން މީހުން ދަތުރު ގޮސް ހަދާތީ ރިސޯޓަށް ޗުއްޓީ ހޭދަ ކުރަން އަންނަ ފަތުރުވެރިންނަށް އުނދަގުލާ ކުރިމަތިވާ ކަމަށް ބުނެއެވެ.