ރައީސް ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ހެނދުނު އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމަށް އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ ޖޯރޭ ހަމަލާ ދީފައިވާ ކަމަށެވެ. އަދި އެކަން ކުށްވެރި ކުރައްވާ ކަމަށެވެ. ވިދާޅުވީ އެ ހުތުރު އަމަލަށް މިއަދު ހެނދުނު މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރަން ތިބި މީހުން ހެކިވާނެ ކަމަށެވެ.
އޭގެ ފަހުން ކުރެއްވި ޓްވީޓެއްގައި ވަހީދު ވިދާޅުވީ މިއަދު ދިމާވި ކަންކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގުޅުއްވައި އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާގެ ހާލު އައްސަވައި ކަންކަން ބެއްލެވި ކަމަށާއި އެ ކަމަށްޓަކައި ރައީސަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.