ލޮކްޑައުންއާ ގުޅިގެން ކުރި ޖޫރިމަނާތައް މާފު ކޮށްދިނުމަށް ނިމާލް ގޮވާލައްވައިފި
ވެރިރަށް މާލެ ސިޓީ ލޮކްޑައުންއާ ހިލާފުވެގެން ޖޫރިމަނާ ކުރި މީހުންގެ ޖޫރިމަނާތައް މާފު ކޮށްދިނުމަށް ފެނަކައި ކުރީގެ މެނޭޖިން ޑިރެކްޓަރ އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް ގޮވާލައްވައިފިއެވެ.
ލޮކްޑައުންގައި ޖޫރިމަނާ ކުރި އަދަދު 9.2 މިލިއަން ރުފިޔާއިން މައްޗަށް އަރާފައިވާއިރު، ލޮކްޑައުންގެ މުއްދަތު ހަމަވި ފަހުން ކުރި ޖޫރިމަނާތައް ސައްހަ ނޫން ކަމަށް ފުލުހުން މިހާރު ވަނީ ނިންމާފައެވެ.
މިކަމާ ގުޅިގެން ނިމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޮކްޑައުންއާ ގުޅިގެން ކުރި ހުރިހާ ޖޫރިމަނާއެއް މާފުވާން ޖެހޭ ކަމަށާއި އޮޅިގެންވެސް ބޭނުމީ ލޮކްޑައުން ޖޫރިމަނާ އަށް ހައްލެއް ކަމަށެވެ. އަދި ރައްޔިތުން ބޭރަށް ނިކުތީ ހައިހޫނުކަމުން މިންޖުވާން ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައްޔިތުން ތިބީ ބިކަ ހާލުގައި، ސަރުކާރުގެ ބޮޑުން ފިޔަވައި އަނގަޔާ އަތާ ދިމާވާ ދިވެހި އާއިލާއެއް ނެތް، ކޮވިޑުން ދިވެހި މުޖްތަމައު ބިރު ގަންނަވާލެވި މިވަނީ ގޭބަންދުގައި، ލޮކްޑައުން ޖޫރިމަނާ ކުރުން އިތުރު ހިތްދަތިކަމެއް، ޖަޒީރާ ރައްޔިތުން އަބަދު ރުއިމުގައި، ޖޫރިމަނާ މާފް ކުރުމަށް ގޮވާލަން." ނިމާލް ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވިއެވެ.
Jurimanaa,Rayyithunah Thakuleefeh kamah Bune Keerithi kurahvaa,Kandhehkumah Ogaatheri Mibas Hoadhun Muhinmu,Hurihaa Jurimanaa eh Maafvaan jehey,Thiya Article aky kuda Nisbatheh,Olhigenviyas Beynumy Lockdow Jurimanaa thakah Hahleh,Rayyithun Beyrah Nikuthy Haihoonukamun Minjuvaan. pic.twitter.com/V963LwlAcM
— Mohamed Nimal (@NimalKokaa) June 13, 2020
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް ލޮކްޑައުން އަމުރާއި ހިލާފުވެގެން 9211 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. ކޮންމެ ޖޫރިމަނާއަކީ 1000 ރުފިޔާ ކަމަށް ވާއިރު، 9211 މީހުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 9.2 މިލިއަން ރުފިޔާއަށް ވުރެ ގިނަވާނެއެވެ.