ރައީސް ނަޝީދު ވެސް ނުސީދާކޮށް ރައީސް ވަހީދަށް "ބާޣީ" އަށް ގޮވައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ނުސީދާކޮށް ކުރީގެ ރައީސް މުހައްމަދު ވަހީދަށް "ބާޣީ" އަށް ގޮވައިފިއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ކުރީގެ ނައިބް ރައީސް 2012 ވަނަ އަހަރު އެމްޑީޕީ ސަރުކާރު ބަޣާވާތަކުން ބަދަލުކުރައްވާ އިންތިހާބު ނުވެ ރައީސްކަން ކުރެއްވި ކަމަށް ރައްޖޭގެ ވަރަށް ގިނަ ރައްޔިތުން ދެކޭނެ ކަމަށެވެ.
"އެހެންކަމުން ވަރަށް ގިނަ ދިވެހިންނަށް ކުރީގެ ނައިބް ރައީސް ފެނުމުން 'ބާޣީ' އޭ ގޮވޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.
Alhugadu ge kureege Naib Raees 2012 vana aharu MDP sarukaaru baqaavathakun badhal kuravva, inthikhaab nuve Raees kankurevvi kamah Raajjeyge varah gina rayyithun dhekey kamah alhugadu dheken. Ehen kamun varah gina Dhivehinnah kureege Naib Raees fenumun ‘Baaqhee’ ey govey
— Mohamed Nasheed (@MohamedNasheed) June 14, 2020
ރައީސް ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ހެނދުނު އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމަށް އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ ޖޯރޭ ހަމަލާ ދީފައިވާ ކަށާއި އެކަން ކުށްވެރި ކުރައްވާ ކަމަށެވެ. ވިދާޅުވީ އެ ހުތުރު އަމަލަށް މިއަދު ހެނދުނު މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރަން ތިބި މީހުން ހެކިވާނެ ކަމަށެވެ.
އެނގިފައިވާގޮތުން، އުސްފަސްގަނޑު ސަރަޙައްދު މަގުމަތިން ޖޯރޭ ނުރުހުމުގެ ބަސްތަކަކުން އަދި "ބާޣީ" ގެ ނަމުން ރައީސް ވަހީދާ ވަނީ މުޚާތަބުކުރައްވާފައެވެ.