ޖޯރޭ ކްރިމިނަލް ކޯޓުގެ މުވައްޒަފުންނަށް މަގުމަތިން ފުރައްސާރަކޮށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔާހަދާ: ހައިލަމް
އެމްޑީޕީގެ އެކްޓިވިސްޓު އިބްރާހީމް ޖައުފަރު(ޖޯރޭ) ތަކުރާރުކޮށް ކްރިމިނަލް ކޯޓުގެ މުވައްޒަފުންނަށް މަގުމަތިން ފުރައްސާރަކޮށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔާހަދާ ކަމަށް އެ ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ރައީސް ވަހީދުއާއި އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމަށް އިއްޔެ ހެނދުނު ޖޯރޭ ވަނީ މަގުމަތިން ފުރައްސާރަ ކޮށްފައެވެ. އެމަނިކުފާނު ވިދާޅުވީ އެ ހުތުރު އަމަލަށް މިއަދު ހެނދުނު މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރަން ތިބި މީހުން ހެކިވާނެ ކަމަށެވެ.
މިކަމާ ގުޅިގެން ހައިލަމް ވިދާޅުވީ ޖޯރޭ ފުރައްސާރަކުރާ މައްސަލަ ދެ ފަހަރެއްގެ މަތިން ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށާއި ޢާންމު މަޞްލަޙަތަށް ގެއްލުން ހުރި ޢަމަލުތައް ކުރުމަކީ ޖިނާއީ ކުށެއް ކަމަށެވެ.
މީނަ ތަކުރާރުކޮށް ކްރމިނަލް ކޯޓުގެ މުވައްޒަފުންނަށް މަގުމަތިން ފުރައްސާރަކޮށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔާހަދާތީ، ދެ ފަހަރެއްގެ މަތިން އަޅުގަނޑުވާނީ މީނާގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި.
ޢާންމު މަޞްލަޙަތަށް ގެއްލުން ހުރި ޢަމަލުތައް ކުރުމަކީ ޖިނާއީ ކުށެއް. @PoliceMv https://t.co/7o3Aak9Oqz pic.twitter.com/MTHSw1B1Am— Ahmed Hailam (@AhmedHailam) June 14, 2020
އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖޯރޭ ރައީސް ވަހީދަށް ހަމަލާދިން ކަމަށް ބުނެ އެމަނިކުފާނު ދައްކަވަމުން ގެންދަވާ ވާހަކަތައް އެ ޕާޓީން ހަރު އަޑުން ކުށްވެރި ކުރާ ކަމަށެވެ.
އަދި އޭނާގެ މައްޗަށް ޖިނާޢީ ތަޙްޤީޤު ހިންގައި، ދައުވާ ކޮށް، އަދަބު ދިނުމަށް ކުރީގެ ރައީސް މުޙައްމަދު ވަހީދު ޙަސަން މަނިކު ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުއްވިކަމީ އެމަނިކުފާނުގެ ލާއިންސާނިއްޔަތުކަމާއި، އަނިޔާވެރިކަމާއި، ގޮތެއްފޮތެއް ނެތްކަން އަނެއްކާވެސް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިން އަމަލެއް ކަމަށް ބުނެ އެމްޑީޕީން އެކަން ކުށްވެރި ކޮށްފިއެވެ.