ޚަބަރު

ތިނަދޫން ކޮވިޑް-19 އަށް އަނެއްކާ ވެސް މީހަކު ފައްސިވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ގދ ތިނަދޫން ކޮވިޑް-19 އަށް އަނެއްކާ ވެސް މީހަކު ފައްސި ވެއްޖެއެވެ.

Ads by Hajj Corporation

ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތުދޭ ގޮތުގައި ކޮވިޑަށް ފައްސިވެފައި ވަނީ ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.

އޭނާ ޓެސްޓު ކުރެވިފައި ވަނީ ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން ކަމަށާއި ހެދި ޓެސްޓުގެ ނަތީޖާ ފައްސިވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. މިކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މި މަހުގެ 18 ވަނަ ދުވަހު ވެސް ތިނަދޫން ވަނީ ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވެފައެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 15،102 މީހުން ފައްސި ވެފައި ވެއެވެ. ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައި ވަނީ ޖުމްލަ 13،884 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 51 އެވެ. ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 87 މީހުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!