ޚަބަރު

ފުރަބަންދަށް ދިން ލުޔާއެކު ބަސް ދަތުރުތައް އަލުން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

މާލެ ސަރަޙައްދުގައި އިއުލާނުކުރި ފުރަބަންދަށް މިއަދުން ފެށިގެން ދިން ލުޔާއެކު މާލެ-ހުޅުމާލެ ބަސް ދަތުރުތައް އަލުން ފަށައިފިއެވެ.

Ads by Sosun Fihaara

މިކަމާއި ގުޅޭގޮތުން ގްރޭޓަރ މާލެ ޓްރާންސްޕޯޓް ލިންކުން އާއްމުކޮށްފައިވާ އައު ޝެޑިއުލްގައި ބުނެފައިވަނީ، އައިޖީއެމްއެޗް ބަސް ސްޓޮޕްއިން ހުޅުމާލެއަށް ދާ ރޫޓް 1ގެ ބަސް ދަތުރުތައް ހެނދުނު 6:30ގައި ފަށާނެ ކަމަށާއި ކާނިވާ ބަސް ސްޓޮޕްއިން ހުޅުމާލެއަށް ދާ ރޫޓް 2ގެ ބަސް ދަތުރުތައް ހެނދުނު 7:00 ޖަހާއިރު ފަށާނެ ކަމަށެވެ. އަދި ރޫޓް 1ގެ ބަސް ދަތުރުތައް އޮންނާނީ ރޭގަނޑު 11:30 އާ ހަމައަށް ކަމަށާއި ރޫޓް 2 ދަތުރުތައް އޮންނާނީ ހަވީރު 17:00އާ ހަމައަށް ކަމަށްވެސް ޝެޑިއުލްގައި ހާމަ ކޮށްފައިވެއެވެ.

ހުޅުމާލެއާއި މާލެއާއި ދެމެދު 15 މިނެޓުން ބަސް ދަތުރުތައް ކުރިން ބޭއްވިނަމަވެސް، އައު ޝެޑިއުލްގައި ދަތުރުތައް ބާއްވާ ވަގުތުތައް ވަނީ މަދު ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!