ޚަބަރު

އިންތިހާބަށް ކެމްޕޭނު ކުރުމުގެ ހުއްދަދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، ކެމްޕޭނު ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.

Ads by MWSC

ކައުންސިލް އިންތިހާބަށާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބަށް އެކުލަވާލާފައި އޮންނަ ގައުމީ ލަފާ ދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އެކޮމިޝަނުން ވަނީ އިންތިހާބަށް ކެމްޕޭނު ކުރުމުގެ ހުއްދަ ދިނުމުގެ އިތުރުން އިންތިހާބު ބާއްވާ ދުވަހަކީ މިއަހަރުގެ އޭޕްރިލް މަހުގެ 10 ވަނަ ދުވަސް ކަމުގައި ވެސް ހަމަޖައްސާފައެވެ.

އެގޮތުން މިބައްދަލުވުމައި އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އިންތިހާބުގެ ވަގުތީ ގާނޫނުގައިވާ ގޮތުން މެއި މަހުގެ ނުވަ ވަނަ ދުވަހަށް ވުރެ ފަހުގެ ތާރީޚެއްގައި އިންތިހާބު ބޭއްވުމުގެ ބާރެއް އީސީއަށް ލިބިފައިނުވާ ކަމަށް އެ ކޮމިޝަންގެ ލީގަލް ޓީމުން ލަފާ ދީފައިވާ ކަމަށާއި އޭގެ ކުރީ ތާރީޚެއް އިއުލާން ކޮށްފިނަމަ، މަޖިލީހުގެ ރުހުން ހޯދައިގެން ފަސް ކުރަން އޮތް ފުރުސަތު ގެއްލޭ ކަމަށެވެ.

އަދި މި ސަބަބުތަކަށްޓަކައި އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އިންތިހާބު ބާއްވަން ނިންމާފައިވާ ކަމަށާއި އެ ތާރީޚުގައި އިންތިހާބު ބޭއްވުމަށް ކޮމިޝަނުން ނިންމީ އިންތިހާބުގެ ވަގުތީ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން ގެނެސްފައިވާ އިސްލާހުތަކަށް ރިއާޔަތް ކުރުމަށް ފަހުގައި ކަން ވެސް ޝަރީފް ފާހަގަ ކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!