ޚަބަރު

ކޮވިޑް ފެނުނުތާ 100 ދުވަސް، 34677 މީހުން ޓެސްޓުކުރި!

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް-19 ފެނުނުތާ 100 ދުވަސްވީއިރު ޓެސްޓު ކުރެވިފައި ވަނީ 34،677 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފަސްހިސާބުތަކުން ދައްކައިފިއެވެ.

Ads by MWSC

ރާއްޖެއިން މިހާތަނަށް 34،677 ޓެސްޓު ކުރެވިފައިވާއިރު ފައްސި ވެފައި ވަނީ 2035 މީހުންނެވެ. އަދި ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1311 އަށް އަރާފައެވެ. އެހެންކަމުން މިވަގުތު ބައްޔަށް ފަރުވާ ދެމުން އަންނަނީ 714 މީހަކަށެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް ފެނިފައި ވަނީ މިދިޔަ މާޗް މަހުގެ 7 ވަނަ ދުވަހު އެވެ. އެއީ ކުރެއްދޫ ރިސޯޓުން ފެނުނު ކޭސް އެކެވެ. އޭގެ ފަހުން ފުރަތަމަ 15 ކޭސް އަކީ، ރާއްޖޭގެ ރިސޯޓްތަކުންނާއި ސަަފާރީތަކުން ފަތުރުވެރިންގެ ތެރެއިން ފެނުނު ކޭސްތަކެވެ.

ނަމަވެސް ވެރިރަށް މާލެއިން އެންމެ ފުރަތަމަ ބަލި ފެނި ކޮމިއުނިޓީ ސްޕްރެޑް ފެށުނީ އެޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އެއާއެކު މާލެ ސިޓީ ފުރަބަންދުގެ ހާލަތަށް ގެނެސް، ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށްފަހު ނިއު ނޯމަލްގައި އިގްތިސޯދީ ހަރަކާތްތަކާއި ބޭރުގައި ހިނގާބިނގާވެ އުޅުމަށް މާލެ ސިޓީ ހުޅުވާލީ މިއަދެވެ.

ފުރަބަންދުގެ ހާލަތަށް މިއަދު ލުއި ދީފައިވާއިރު މިހާރު ބަލީގެ ހާލަތު އޮތްގޮތް ބެލުމަށްވެސް ޓެސްޓް ކުރުމުގެ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. އެގޮތުން ފަސް ގުރޫޕަކަށް ބަހާލައިގެން ސާމްޕަލް ނަގާ އިރު ފްރަންޓްލައިން ވޯކަރުންނާއި ސެންޓަރުތަކުގައި މަަސައްކަތް ކުރާ މީހުނާއި އުމުރުން 65 އަހަރުން މަތީގެ މީހުނާއި ތޮއްޖެހިފައިވާ ތަންތަނުގައި އުޅެމުންދާ މީހުންގެ ސާމްޕަލް ނަގާނެ އެވެ. އަދި އުމުރުން 20 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންގެ ސާމްޕަލް ވެސް ނަގާނެ އެވެ.

ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު -- އަވަސް ގްރެފިކްސް: އަބޯ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!