ދީން

2070 ވަނަ އަހަރާއި ހަމަޔަށް ދާއިރު އެންމެ އާބާދީ ބޮޑު ދީނަކަށް އިސްލާމް!

ދެން އެމްވީ ، ދެން އޮންލައިން

އިސްލާމްދީނަކީ ދުނިޔޭގައި މިހާރު އެންމެ ބޮޑަށް ފެތުރެމުން އަންނަ ދީނެވެ.

Ads by Hajj Corporation

ަޙައްޤުވެގެންވާ ހަމައެކަނި މި ދީން، މުސްތަޤުބަލުގައި ވެގެންދާނީ އެންމެ ގިނަމީހުން ތަބާވާ ނުވަތަ އެންމެ އާބާދީ ބޮޑު ދީނަށް ކަމަށް ދިރާސާ ކުރާ އެކި ފަރާތްތަކުގެ ރިޕޯޓުތަކުން ފެންނަމުންދާކަމީ އުފާވެރި ޚަބަރެކެވެ.

ޕިއު ރިސާޗް ސެންޓަރުން ހެދި ދިރާސާއެއްގަަައި ބުނެފައިވަނީ، ދުނިޔޭގެ މިހާރުގެ އެންމެ އާބާދީ ބޮޑު ދީން ކަމުގައި ކްރިސްޓިއަނިޓީ ގެ ކުރިއަށް އިސްލާމްދީން ޖެހި 2070 ވަނަ އަހަރުގެ ކުރިން އެމަގާމް އިސްލާމް ދީނަށް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން ކޮންމެ އަހަރަކު ވެސް 32 އިންސައްތަ މީހުން އިސްލާމްދީން ޤަބޫލު ކުރަމުންދާ ކަމަށާއި އެރޭޓަށް ބަލާނަމަ 2060 އާއި ހަމައަށް ތިން ބިލިއަން މީހުންގެ މުސްލިމް އާބާދީއެއް ދުނިޔޭގައި އޮންނާނެ ކަމަށް އެރިޕޯޓުގައި ވެއެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މުސްލިމުން ގިނަވުމުގެ އެންމެ ބޮޑު ސަބަބަކީ، އިސްލާމްދީނުގެ ލޮބުވެތިކަމާއި ތެދުވެރިކަން ވިސްނި ގިނަ މީހުން މިދީން ޤަބޫލުކުރުމެވެ. އަދި އެފަދައިން މުސްލިމުންގެ ދަރީން ވެސް މުސްލިމުންގެ ގޮތުގައި ތަރުބިއްޔަތު ކުރުމާއި މުސްލިމުންގެ އާއިލާތައް ބޮޑެތި ވުމަކީ ވެސް މީގެ ސަބަބެއްކަމަށް މި ރިޕޯޓްގައި ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!