ކަޅު މީހުންނަކީ ހަޑި ބައެއް ކަމަށް ގަބޫލުކުރިން: ޕްރިޔަންކާ
2020 ވަނަ އަހަރުގެ ހައްސާސް ކަމުގެ ތެރެއިން ކަޅު ނަސްލުގެ މީހުންނަށް ކުރާ ތަފާތު ކުރުންތަކާއި އަނިޔާތަކުގެ ވާހަކަ ވަރަށް ބޮޑަށް ފެންމަތި ވެގެން ދިޔައެވެ. މި ވާހަކަތަކުގެ ސަބަބުން އޭގެ ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވި އެއް ބަޔަކީ ދޮންވާ ކްރީމްތައް އިސްތިހާރު ކުރުމުގައި ހަރަކާތްތެރިވި ބޮލީވުޑު ތަރިންނެވެ.
މި ލިސްޓުގެ ކުރީގައި ހިމެނޭ އެކަކީ ޕްރިޔަންކާ ޗޯޕްރާ ޖޯނަސްއެވެ. ޕްރިޔަންކާ ވަނީ ދާދި ފަހުން އަނދިރި ހަންގަނޑެއް އޭނާއަށް ލިބިފައިވުމުން އޭގެ ސަބަބުން އޭނާއަށް ކުރިމަތިވި ބައެއް ގޮންޖެހުންތަކާ ގުޅޭ ގޮތުން އިންޓަވިއުއެއްގައި ވާހަކަ ދައްކާފައެވެ.
ޕްރިޔަންކާ ބުނި ގޮތުގައި ދެކުނު އޭޝިއާގައި މޫނު ދޮން ކުރުމަކީ އޭރު ވަރަށް އާންމުވެފައިވާ ކަމެއް ކަމަށެވެ. އަދި ދޮން މޫނުތަކަށް އެހާ ބޮޑު ސަމާލުކަމެއް ދިން ޒަމާނުގައި އޭނާ ވެސް މޫނުގައި ގަދައަށް ފުށް ޖެހި ކަަމަށާއި މުޖުތަމައުގެ ސަބަބުން އޭނާއަށް ވެސް ކަޅު މީހުންނަކީ ހަޑި ބައެއްގެ ގޮތުގައި ގަބޫލުކުރެވުނު ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.
އެގޮތުން އޭނާގެ އާއިލާގެ އެހެން މެންބަރުންނަށް ވުރެ އޭނާ ހުންނަ ކުލަ ކަޅުވުމުން އެކަމާ އަބަދުވެސް މީހުން ވާހަކަ ދައްކާ ހަދާ ކަމަށާ އާއިލާ މީހުން ވެސް އޭނާ އަށް އަބަދު ކާލީ ކާލީ (ކަޅު) ކިޔާ ކަމަށް އޭނާ ވަނީ ބުނެފައެވެ.އަދި އޭގެ ސަބަބުން އޭނާ އެކަމާ ދެރަވެ ހިތާމަ ކުރާ ކަމަށާއި ހަންގަނޑުގެ ކުލަ ބަދަލުކޮށް ދޮން މީހަކަށް ވާން ބޭނުންވި ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.
ނަމަވެސް ފަހުން އެއީ ކިހާވަރެއްގެ ކަމެއްކަން ވިސްނުނު ކަމަށާއި ދޮންވާ ކްރީމްތައް އިސްތިހާރު ކުރެވުނީތީ ދެރަވާ ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ. އަދި އެކަމަށްޓަކައި އޭނާ ވަނީ ފޭނުންގެ ކިބައިން މާފަށް ވެސް އެދިފައެވެ.