ލައިފްސްޓައިލް

މުޅި ފޭސްބުކްގައި މިއަދު އޮތީ މުރަނގަފަތު ބަތް ކައްކާނެގޮތް!

ދެން އެމްވީ ، ދެން އޮންލައިން

އާދައިގެ މަތިން ހުސްވަގުތެއް ލިބުމާއެކު ފޭސްބުކްގައި މިއަދު ވެގެން އުޅެނީ ކޮންކޮން ކަންތައްތަކެއްތޯ ބަލާލީމެވެ.

Ads by STELCO

ބޮލީވުޑްގެ އެކްޓަރެއް މަރުވި ވާހަކައާއި، ކޮވިޑްގެ އައު ވާހަކަތަކާއި، ތަފާތު ގޭމުތަކާއި ޗެލެންޖުތަކާއި، ސިޔާސީ އެކި ޚަބަރުތަކުގެ ތެރެއިން ލޮލުގައި އަޅައިގަތީ މުރަނގަފަތުން ބަތް ކައްކާނެ ގޮތުގެ ރެސިޕީއެއް "ހަސްނާ އިބްރާހިމް" ކިޔާ މީހަކު ލިޔެފައިވަނިކޮށެވެ.

މުރަނގަފަތު ބަތް ކައްކަން ނޭނގޭނީ ކާކަށްހޭ ހިތަށް އަރާފައި ކެޕްޝަން ކިޔައިލިއިރު އެއީ "ވެލިދޫ ސްޕެޝަލް" މުރަނގަބަތް ކަމުގައި ލިޔެފައިއޮތެވެ.

އިތުރަށް އޭގެ މައުލޫމާތު ހޯދާ ހިތްވިއެވެ. ނަމަވެސް ލާފައި ހުރީ ހުސް ފޮޓޯތަކެއް ކަމުން، އެޕޯސްޓު ކޮށްފައިވާ މީހާ ކިޔައިދޭން އުޅޭ އެއްޗަކާއިމެދު ސުވާލު އުފެދި، ވިސްނާލެވޭތޯ މަސައްކަތް ކުރީމެވެ.

އެހެންކަމުން އެއަށް ބައެއް މީހުން ކޮށްފައިވާ ކޮމެންޓުތައް ވެސް ކިޔައިލީމެވެ.

ފުރަތަމަ ފޮޓޯއިން ފެންނަނީ ކެކިކެކި ހުރި ފެންއެއްޗެއްގެ ތެރެއަށް މުރަނގަފަތް އަޅަން ގެންދާ މަންޒަރެވެ.

ދެން އެމުރަނގަފަތްތައް ވެސް ފެނާއެކު ކައްކާ މަންޒަރު ފެނެއެވެ. އެފޮޓޯގައި އެކަކު އަހާފައިވަނީ ފަތް ކައްކާއިރު ބިލެތް ހުނި ލަނީ ކީއްކުރަންތޯ އެވެ. އެއަށް ޖަވާބެއްގެ ގޮތުން ބުނެފައިއިނީ އެއީ ފަތްތައް އަވަހަށް މަޑުކޮށްލަން ކަމަށާއި ބިލަތްހުނި ނުލާވެސް ރަނގަޅުވާނެ ކަމަށެވެ.

ފަތްތައް ރަނގަޅަށް ކެކި މަޑުވެ، ހިހޫވުމުން ފެނުން ނަގައި ފުރާނާފައި ފަތްގުޅަތަކެއް ޖަހާނީއެވެ.

ދެން ފަތްގުޅަތައް ރީތިކޮށް ވަކިން ތަށްޓަކަށް ކޮށާލުމަށްފަހު، އެއަށް ކާށިހުނި އަޅާ އެއްކޮށްލަނީއެވެ. އަދި އެއަށްފަހު ކާށިހުނިއެޅި ބަތާއެކު ހުނިއެޅި ފަތްތައް ވެސް އެއްކޮށްލައެވެ.

ރިހާކުރާއެކު ކާން ހަދާފައި ހުރި މަންޒަރު ފެންނަ ކޮންމެ މީހަކުވެސް، ކުޅުދިޔާވާނެކަން ހަމަ ޔަގީނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!