މިއަދު ކޮވިޑަށް ފައްސިވީ 29 މީހުން
މިއަދު އިތުރު 29 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ފައްސިވި 29 މީހުންގެ ތެރޭގައި ހިމެނެނީ 28 ބިދޭސީންނާއި ދިވެއްސެކެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްގެ 15 މީހަކު ހިމެނެއެވެ. މީގެ އިތުރުން ނޭޕާލް، އިންޑިއާ އަދި ޕިލިޕީސް މީހެއްވެސް ހިމެނެއެވެ.
މި މީހުންނާއެކު ރާއްޖެއިން ފައްސިވި އަދަދު ވަނީ 2094 އަށް އަރާފަ އެވެ. މިވަގުތު ފަރުވާ ކުރަމުންދަނީ 414 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 347 މީހުންނެވެ. ކަރަންޓީންގައި ތިބީ 331 މީހުންނެވެ.
ކޮވިޑްގައި ރާއްޖެއިން އަށް މީހަކު ވަނީ މަރުވެފަ އެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.
Ads by Allied Insurance