ޚަބަރު

މިއަހަރު ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވެނީ 9 ލައްކަ ފަތުރުވެރިން!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލިނަމަވެސް، މިއަހަރު ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވެނީ 980،000 ފަތުރުވެރިން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.7 މިލިއަން ފަތުރުވެރިން ކަމަށެވެ. އެހެން ނަމަވެސް މިއަހަރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވެނީ 980،000 ފަތުރުވެރިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ 2019 ވަނަ އަހަރާއި އަޅާ ބަލާއިރު 42 އިންސައްތަ ދަށް އަދަދެކެވެ.

ކޮވިޑް-19އާ ގުޅިގެން މިއަހަރުގެ މަރޗުމަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއި އެކު ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ ހުއްޓިފައެވެ.

މިއާއެކު މި އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަސްތެރޭ ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 646،092 ފަތުރުވެރިންނެވެ. އެހެން ނަމަވެސް މިއަހަރުގެ ފުރަތަމަ 4 މަސްދުވަސްތެރޭ ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 382،760 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު40 އިންސަތަ ދަށްއަދަދެކެވެ.

ދުނިޔޭގެ މާކެޓަށް އަލުން ރާއްޖޭގެ ފަތުރުވެރިކަން ހުޅުވުމުން ފަތުރުވެރިކަމަށް އަންނާނެ ބަދަލުތަކަށް ލަފާކޮށް ސަރުކާރުން ދިރާސކޮށް ހަދާފައިވާ ސިނާރިއޯތަކުގެ ތެރެއިން ތިން ވަނަ ސިނާރިއޯގައި، ޖުލައި މަހުން އޮންއެރައިވަލް ވިސާ ދޭން ހުޅުވާލުމާއެކު އަހަރުގެ ބާކީ މަސްތަކުގެ ތެރޭގައި އެކަށީގެންވާ ވަރަށް ފަތުރުވެރިން އަތުވެއްޖެ ނަމަ ރާއްޖެއަށް 845،546 ފަތުރުވެރިން އަންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!