ޚަބަރު

މާފަރަށް ޖައްސާ މޯލްޑިވިއަންގެ އެއާބަސް ފްލައިޓާއެކު އިންޓަނޭޝަނަލް ދަތުރުތަކުގެ އުންމީދުއާވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މޯލްޑިވިއަންގެ ފްލީޓުގައި ބޭނުންކުރާ އެންމެ ބޮޑު މަތިންދާބޯޓު އެއާބަސް އޭ 321 ފްލައިޓުތައް ނ. މާފަރު އެއާޕޯޓަށް އިއްޔެ ޖައްސައިފިއެވެ.

Ads by STELCO

މޯލްޑިވިއަނުން ޔަގީންކޮށްދީފައިވާ ގޮތުގައި އައު ފްލައިޓުތަކާއެކު، ބޭރުގެ ދަތުރުތަކަށް މާފަރު އެއާޕޯޓު ބޭނުން ކުރެވެން ފެށޭނެއެވެ.

މާފަރު އެއާޕޯޓަކީ ޖުލައި 1 ން ފެށިގެން އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ބޭނުން ކުރުމަށް ސަރުކާރުން ތަރައްޤީ ކޮށްފައިވާ އެއާޕޯޓެކެވެ.

އެއާބަސް އޭ 321 ގެ ފްލައިޓު މާފަރު އެއާޕޯޓަށް ފުރަތަމަ ފަހަރަށް ޖެއްސިއިރު، އެފްލައިޓުގައި ގެންގޮސްފައިވަނީ ކަރަންޓީނަށް ގެންދިޔަ މީހުންނެވެ. އެންމެ ފުރަތަމަ ކުރި އެދަތުރުގައި 200 މީހުން އެފްލައިޓުން ދަތުރު ކޮށްފައިވެއެވެ.

މޯލްޑިވިނުން މައުލޫމާތު ދީފައިވާ ގޮތުގައި އެފްލައިޓުގައި ޖުމްލަ 380 މީހުންނަށް ދަތުރު ކުރެވޭނެއެވެ.

މާފަރު އެއާޕޯޓުގައި ބޭރުގެ ދަތުރުތައް ކުރުމުގެ އުއްމީދު އާވެފައިވާއިރު، ކޮވިޑް އާއި ގުޅިގެން ރާއްޖެއިން ބޭރުން އަންނަ ފްލައިޓުތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނޫން އެއާޕޯޓެއް ބޭނުން ކުރުމަށް ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!