ކޯވިޑް19: މަންޑޭގެ މަންމަގެ ފައުންޑޭޝަނުން މާލޭގެ ހުރިހާ މިސްކިތްތަކަކަށް އެހީވެއްޖެ
ޒުވާން ވިޔަފާރިވެރިޔާ ޙަސަން މަމްދޫުހުގެ މަންމަގެ ނަމުގައި ހިންގާ "ޝަރީފާ ފައުންޑޭޝަންގެ" ފަރާތުން މާލޭގެ ހުރިހާ މިސްކިތްތަކަށް އެހީވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ޝަރީފާ ފައުންޑޭޝަންގެ ފަރާތުން މާލޭގެ ހުރިހާ މިސްކިތްތަކެއްގަ ހަރުކުރުމަށް "ސޯޕް ޑިސްޕެންސަރ" އަދި "ސޯޕް" ހަދިޔާކޮށްފައިވާ ކަމަށެވެ.
Shareefa Foundation in Male’ city ge hurihaa Miskiy thakeggai harukurumah, soap dispensers adhi soap hadhiyaa koffi. @manday786 pic.twitter.com/tWxc0IO48Q
— Male' City Council (@MaleCitymv) June 17, 2020
ފައުންޑޭޝަންގެ ފަރާތުން ވާހަކަ ދައްކަވަމުން ވިދާޅުވީ، ނިއު ނޯމަލް އަށް މިސްކިތްތައް ހުޅުވާލާފައި ވާއިރު، މިސްކިތުން އަތް ރަނގަޅަށް ދޮވެވެނޭ އިންތިޒާމު ހަމަޖައްސައި ދިނުމަކީ އެ ފައުންޑޭޝަންގެ އަމާޒުކަމަށެވެ. އަދި ގިނަ ދުވަހަކަށް ބޭނުން ކުރެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރުމަކީ މުހިންމު ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.
ކޮވިޑް19 އާއި ގުޅިގެން ޝަރީފާ ފައުންޑޭޝަނުން މީގެ ކުރިން ވަނީ ޓެކްސީ އެސޯސިއެޝަނަށްވެސް ވަނީ އެހީވެދެއްވާފައެވެ. އަދި އައިޑީ ކާޑް ޔުނިޓަށްވެސް ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.